Advertisement

ރޭ ފަތިހު އައްޑޫ މަރަދޫގެ ގުދަނަކާއި ގާޑިޔަލެއްގައި ރޯވެ އަނދައިފި

23 ސެޕްޓެންބަރު 2024 - 11:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަރަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށު އެތުމާގޭގައި ރޯވި ހުޅުގަނޑު -- ފޮޓޯ: އެމްއެންޑީއެފް


ރޭ ފަތިހު އައްޑޫ މަރަދޫގެ ގުދަނަކާއި ގާޑިޔަލެއްގައި ރޯވެ އަނދައިފި

23 ސެޕްޓެންބަރު 2024 - 11:19 0

އައްޑޫ މަރަދޫގައި ހުންނަ، އެތުމާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.

އެގޭގައި ހިނގި އަލިފާން އެއްކޮށް މިހާރު ނިއްވާލައިފައިވާއިރު، އެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 5:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަރަދޫގެ ކައުންސިލް އެގްޒެކެޓިވް، މަރިޔަމް ސާއިދާ "އަދަދު" އަށް ވިދާޅުވީ އަލިފާން ރޯވި ގޭގައި ހިންގަމުންދިޔަ ގާޑިޔަލަކާއި ގުދަނެއްގެ އިތުރުން ބަދިގެއަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.

"އަލިފާން ރޯވީ ގާޑިޔަލަކާއި ގުދަނަކާއި ބަދިގޭގައި، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ ނަސީބަކުން، އެގޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ވެސް އުޅޭ،" ސާއިދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގުދަނާއި ގާޑިޔަލަކީ އެތުމާގޭގައި ދިރިއުޅޭ މީހުން އާމްދަނީ ހޯދަން ކުރަމުން އަންނަ ވިޔަފާރި ކަމަށެވެ.

އެތުމާގޭގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ވަނީ މިއަދުގެ އިރު އެރިފަހުން، 6:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.