Advertisement

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ރައްޔިތުންގެ އަތުގައި އޮތް މުހިންމު ބާރެއް ގެއްލިއްޖެ: ނިޔާޒް

9 ސެޕްޓެންބަރު 2024 - 07:07 1

ލީވާން އަލީ ނާސިރު

ލ

Advertisement

އަލީ ނިޔާޒް: ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން މުހިއްމު ބާރެއް ގެއްލިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ރައްޔިތުންގެ އަތުގައި އޮތް މުހިންމު ބާރެއް ގެއްލިއްޖެ: ނިޔާޒް

9 ސެޕްޓެންބަރު 2024 - 07:07 1

Advertisement

Advertisement

ލާމަރުކަޒީ ގާނޫނަށް ގެނައި މި ސަރުކާރުން ގެނައި އިސްލާހުން ރައްޔިތުންގެ އަތުގައި އޮތް މުހިންމު ބާރެއް ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

އަލީ ނިޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ 13 ވަނަ އިސްލާހު ގެޒެޓް ކުރެވުމާއެކު، ރައްޔިތުންގެ ސީދާ ވޯޓްއިން ފާސްކުރަން ޖެހޭ ލޭންޑްޔޫސް ޕްލޭން އުވިފައިވާ ކަމަށެވެ.

Advertisement

"އެންމެ ބޮޑު ކަންބޮޑުވުމަކީ ލާމަރުކަޒީ ގާނޫނުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި އޮތް ލޭންޑް ޔޫޒް ޕްލޭނާއި ތަރައްގީގެ ޕްލޭން އުވާލާފައި އިސްލާހުކުރުން،" ނިޔާޒް "އަދަދު" ނޫހަށް ވިދާޅުވި އެވެ.

އެންމެ ބާރުވެރި ގާނޫނަކީ ލާމަރުކަޒީ ގާނޫނު ކަމަށް ބެލުމުގެ އިތުރުން އެއީ އެންމެ އިސް ގާނޫނު ކަމަށް ކުރިން ބެލި ނަމަވެސް، ނިޔާޒް ވިދާޅުވީ އެހެން ގާނޫނުތަކުން ބައިބައި ލައިގެން ލާމަރުކަޒީ ގާނޫނުގެ ބާރު މި ސަރުކާރުން ކަނޑުވާލާފައިވާ ކަމަށެވެ.

ނިޔާޒް ވިދާޅުވީ މިދިޔަ ދައުރުގައި ލާމަރުކަޒީ ގާނޫނަށް އެ ބަދަލުތައް ނުގެނައީ މިގޮތަށް ގާނޫނުގެ ބާރު ކެނޑޭތީ ކަމަށާއި މި ސަރުކާރުން އެ ގާނޫނުގެ މަސައްކަތް އަވަސް އަރުވާލައި އެއްވެސް ހިޔާލެއް މަޝްވަރާއެއް ނުހޯދައި ނިންމާލީ ހަފްތާއެއްހާ ދުވަސް ތެރޭގައި ކަމަށެވެ.

Advertisement

"އަޅުގަނޑުމެންގެ ދައުރުގައި ބިނާވެށި ޕްލޭނާއި ހިންގުމުގެ ގާނޫނަކީ ޕާކްކޮށްފައި އޮތް ގާނޫނެއް. އެއީ ވަގުތާއި ހާލަތަށް ނުފެތޭތީ. އަޅުގަނޑުމެންނަށް އެނގޭ ގާނޫނު ފާސްކޮށްފިއްޔާ ބާރު ކެނޑޭކަން. ސަރުކާރުން ބޭނުންވިޔަސް އެހެންވެގެން އެގޮތަށް އޭތި ބޭއްވީ،" ނިޔާޒް ވިދާޅުވި އެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ތަސްދީގު ނުކުރަން ކައުންސިލުތަކުގެ ޖަމިއްޔާ، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮގަސްޓް 26، ގައި ގޮވާލި އެވެ.

ނަމަވެސް އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމާ ހަމައަށް އިދިކޮޅާއި ކައުންސިލްތަކުން ފަޅުކުރަމުން ދިޔަ ކަންބޮޑުވުންތައް ރައީސް އަޑުއައްސަވާފައި ނުވެ އެވެ.

އެ އިސްލާހުން ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭނަކީ ބިނާވެށީގެ ބިލުގެ ދަށުން ހަދާ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭނުގެ ބައެއްގެ ގޮތަށް ވަނީ ބަދަލުވެފަ އެވެ.

އޭގެއިތުރުން ގާނޫނަށް ގެންނަ އެ އިސްލާހުތައް ދިރާސާ ކުރުމަށް ކޮމިޓީތަކުން ކުރި މަސައްކަތުގެ ތެރޭގައި ފާހަގަކުރި އެއްވެސް އިސްލާހެއް ގެނެސްފައެއް ނުވެ އެވެ.

Advertisement

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ރައުފަތު

6 months ago

ރާއްޖޭގައި މިއޮތް ލާމަރުކަޒީ ނިޒާމުން ބާރުވެރިވީ ރައްޔިތުންނެއް ނޫން. ބާރުވެރިވީ ސިޔާސީ ޕާޓީތައް. ރައްޔިތުންނާ ގާތުން ޚިދުމަތްކުރުމުގެ ބަދަލުގައި މަސައްކަތްކުރަނީ ސިޔާސީ ޕާޓީތަކުން އަންގާ ކަންކަން. އެކަމުގެ ހެއްކަކީ ރައްޔިތުންގެ ބައްދަލުވުމަކަށް ގޮވާލައިފިނަމަ ހާޒިރުވަނީ ދިހަވަރަކަށް މީހުން. ނިޔާޒުމެންނަށް ބާރުއޮތް ދުވަސްވަރުވެސް ކައުންސިލުތައް ބޭނުންކުރީ ޕާޓީއަށް ވޯޓު ހޯދަން.