Advertisement

މުއިއްޒު ހަމައެކަނި ކުރައްވާ ކަމަކީ ބޮޑެތި ވައުދު ވުން ކަމަށް ސޯލިހު ވިދާޅުވެއްޖެ

about 2 hours 0

ފޯކައިދޫގައި ބޭއްވި ކެމްޕެއިން އިވެންޓުގައި ސޯލިހު ވާހަކަދައްކަވަނީ: ލާމަޒުކަޒީ ނިޒާމު ނައްތާލަން މުއިއްޒު ރޭވުންތެރިކަމާ އެކީ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ


މުއިއްޒު ހަމައެކަނި ކުރައްވާ ކަމަކީ ބޮޑެތި ވައުދު ވުން ކަމަށް ސޯލިހު ވިދާޅުވެއްޖެ

about 2 hours 0

ކުރީ ސަރުކާރުގައި އެމްޑީޕީން ރަށްރަށުގައި ފެށި މަސައްކަތްތައް ހުއްޓާލާފައި ރައީސް މުހައްމަދު މުއިއްޒު ހަމައެކަނި ކުރައްވާ ކަމަކީ ބޮޑެތި ވައުދުތައް ވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ލޯކަލް ކައުންސިލް އިންތާބުގެ ކެމްޕެއިނަށް ށ. ފޯކައިދޫއަށް ވަޑައިގެން ސޯލިހުގެ ފާޑުކިޔުންތައް މުއިއްޒުއަށް އަމާޒުކުރެއްވީ، ލާމަރުކަޒީ ނިޒާމު ނައްތާލަން ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ތުހުމަތުކުރައްވަމުންނެވެ.

ލާމަޒުކަޒީ ނިޒާމަކީ، ސޯލިހު ވިދާޅުވީ، ފެށުނީއްސުރެން ވެސް އެމްޑީޕީން ވަކާލާތުކުރަމުން އަންނަ ސިޔާސަތު ކަމަށެވެ. އަދި، 2008 ގައި އެމްޑީޕީއަށް ފުރަތަމަ ފަހަރަށް ވެރިކަން ލިބުނު ހިސާބުން ފެށިގެން ބަގާވާތާ ގުޅިގެން އެ ސަރުކާރު ވެއްޓުމާ ހަމައަށް އެ ޕާޓީން އިސްކުރީ އެ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ މި ސިޔާސަތު ބަދަލުކުރީ، ދެން ވެރިކަމަށް އައި ޕީޕީއެމް ސަރުކާރުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ސޯލިހު ވިދާޅުވި އެވެ. ޔާމީން ވަނީ ވެރިކަމުގައި ހުންނަވައިގެން ލާމަޒުކަޒީ ނިޒާމު ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މިކަން ފާހަގަކުރައްވަމުން ސޯލިހު ވިދާޅުވީ، މިއަދު ވެރިކަމުގައި އޮތް ޕީއެންސީގެ ސިޔާސަތަކީ ވެސް އެއީ ކަމަށެވެ.

"އަތޮޅު ކައުންސިލް އުވާލީ، ކައުންސިލުތަކަށް އޮތް ބާރުތައް ކުޑަކުރީ، ކައުންސިލުތައް ކުޑަކުރީ، އެހެން ގޮސް މި ނިޒާމު ނައްތާލުމަށް ޓަކައި ރޭވުންތެރިކަމެއްގެ ތެރެއިން އެ މަސައްކަތް ފައްޓަވައިގެން އެ މަނިކުފާނު އެ ގެންދަވަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި، ޕީއެންސީގެ ސިޔާސަތަކީ ތަރައްގީ މާލެ ސަރަހައްދަށް ޖަމާކޮށްފައި އޮތުމެވެ. ނަމަވެސް މިއީ އެމްޑީޕީގެ ވިސްނުން ނޫން ކަމަށާއި، އެ ޕާޓީން އަބަދު ވެސް ބޭނުންވީ ޒަމާނުއްސުރެން މާލެ ސަރަހައްދަށް ޖަމާވެފައި އޮތް އިގުތިސޯދު ބަދަލުކޮށް، ރަށްތައް ތަރައްގީކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ގޮތުން ކުރީ ސަރުކާރުގައި ލާމަޒުކަޒުކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި، އެ ސަރުކާރުގައި ރަށްރަށުގައި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުނީ ވެސް ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދޫކޮށްލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސިޔާސީ ޕޯޑިއަމަކުން ނުފެންނަތާ ގިިނަ ދުވަސްތަކެއް ފަހުން ވާހަކަ ދެއްކެވި، ސޯލިހު ވަނީ ލާމަޒުކަޒީ ނިޒާމު ނުދަންނަ ބަޔެއްގެ ކެނޑިޑޭޓުން ހޮވައިގެން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، މުއިއްޒު ވިދާޅުވާ ކަމެއް ކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒުގެ ސިޔާސަ