Advertisement

ޕޯސްޓްމޯޓަމްއަށް ފަހު އަތުހަރުގެ ހަށިގަނޑު މިއަދު މާލެ ގެނެސް މިރޭ ވަޅުލަނީ

8 ސެޕްޓެންބަރު 2024 - 14:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާދަމް އަތުހަރު: ޕޯސްޓްމޯޓަމްއަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް މިރޭ ވަޅުލާނެ ކަމަށް އާއިލާއިން ބުނޭ


ޕޯސްޓްމޯޓަމްއަށް ފަހު އަތުހަރުގެ ހަށިގަނޑު މިއަދު މާލެ ގެނެސް މިރޭ ވަޅުލަނީ

8 ސެޕްޓެންބަރު 2024 - 14:16 0

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު، 2 ގައި މަރުވި އާދަމް އަތުހަރު، 32، ގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށް ފަހު މިއަދު މާލެ ގެނެސް މިރޭ ވަޅުލާން ނިންމައިފި އެވެ.

އަތުހަރުގެ އާއިލާއިން ބުނީ އޭނާގެ ހަށިގަނޑު މިއަދު ހަވީރު ރާއްޖެ ގެންނާނެ ކަމަށެވެ. އޭނާ ވަޅުލާނީ މިރޭ 10:00 ޖަހާއިރު ހުޅުމާލެ ސަހަރާ މިސްކިތުގައި ކަމަށް ވެސް އާއިލާއިން ބުންޏެވެ.

"ޕޯސްޓްމޯޓަމްއަށް ފަހު މިއަދު 5:00 ހާއިރު އަތުހަރުގެ ހަށިގަނޑު ރާއްޖެ ގެންނާނެ. މިރޭ ވަޅުލާނީ. އާއިލާގެ ގިނަ ބަޔަކު ޖަނާޒާއަށް މިހާރު ވަނީ މާލެ އައިސްފައި،" އާއިލާއިން ބުންޏެވެ.

އަތުހަރުގެ ޕޯސްޓްމޯޓަމް ފުލުހުން ހަދަން ނިންމީ އާއިލާއިން އެކަން ނުކުރަން އެދިފައި އޮއްވަ އެވެ. ޕޯސްޓްމޯޓަމް ހަދަން ނިންމީ ޖަލުގައި ހިނގާ ކަމަކުން މަރުވާ ކޮންމެ މީހެއްގެ ޕޯސްޓްމޯޓަމް ހަދަން އޮންނަ އުސޫލުގެ ތެރެއިންނެވެ.

އެގޮތުން ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ ސެޕްޓެމްބަރު 5، ގަ އެވެ.

އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޯގަސްޓް، 29 ގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ ރަހީނުކުރި މައްސަލައިގަ އެވެ. ހައްޔަރުކުރުމުގެ ތެރޭގައި އަތުހަރުގެ ބޮލަށް ބޮޑަށް އަނިޔާވި އެވެ. އެއީ ފުލުހުން އޭނާގެ ބޮލުގައި މުގުރުން ތެޅުމުންނެވެ.

އެ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް އަތުހަރު ފުރަތަމަ ގެންދިޔައީ މިދިޔަ އޮގަސްޓް 30، ގަ އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓު ކުރީ ހަމަ އެ ދުވަހު ހަވީރު އެވެ.

އެއަށްފަހު އަތުހަރުއަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ޖަލަށް ގެންދިޔައީ އޮގަސްޓް، 31 ގަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނީ ވެސް އެ ދުވަހު އެވެ.

ބަންދުކޮށްފައި ހުރި ގޮޅީގައި އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ސެޕްޓެމްބަރު 1، ގަ އެވެ. އެއާއެކު އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ސެޕްޓެމްބަރު 2، ގައެވެ.

އަތުހަރުގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިވަގުތު ދަނީ ތަހުގީގުކުރަމުންނެވެ.