Advertisement

ޖަރުމަނުގައި ހުންނަ އިޒްރޭލު ކޮންސިއުލޭޓު ކައިރިން ހަަތިޔާރު އެޅި މީހަކު މަރާލައިފި

5 ސެޕްޓެންބަރު 2024 - 19:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޖަރުމަނުގައި ހުންނަ އިޒްރޭލު ކޮންސިއުލޭޓް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ރޮއިޓާސް


ޖަރުމަނުގައި ހުންނަ އިޒްރޭލު ކޮންސިއުލޭޓު ކައިރިން ހަަތިޔާރު އެޅި މީހަކު މަރާލައިފި

5 ސެޕްޓެންބަރު 2024 - 19:57 0

ޖަރުމަނުގެ މިއުނިކުގައި ހުންނަ އިޒްރޭލު ކޮންސިއުލޭޓު ކައިރިން ހަތިޔާރު އެޅި މީހަކު ޖަރުމަން ފުލުހުން ބަޑިޖަހައި މިއަދު މަރާލައިފި އެވެ.

މިއުނިކްގެ ފުލުހުންގެ ތަރުޖަމާނަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ހަތިޔާރު އަޅައިގެން ނުރައްކާތެރި އަމަލެއް ހިންގަން އުޅެނިކޮށް ފުލުހުން ބަޑި ޖަހައި މަރާލީ އޮސްޓްރިއާއަށް ނިސްބަތްވާ 18 އަހަރުގެ ޒުވާނެކެވެ.

އެ ޒުވާނާ ގެންގުޅުނު ބަޑި ހޯދި ގޮތާއި، ހަތިޔާރު އަޅައިގެން އޭނާ އެތާ އުޅުނު ސަބަބު ދެނެގަތުމުގެ މަސައްކަތް ޖަރުމަނު ފުލުހުން ކުރަމުން އަންނަ ކަމަށް އަލްޖަޒީރާއިން ބުނެ އެވެ.

ޖަރުމަނު ސަރުކާރުން ބުނީ ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހަރަކާތްތެރިވި އެއްވެސް އޮފިސަރަކަށް އަދި އާންމުންގެ އިތުރު މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ 1972 ގައި މިއުނިކްގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި ދިން ހަމަލާއަށް އަހަރު ފުރުނު ދުވަހު އެވެ. އެ ގޭމްސްގައި އިޒްރޭލަށް ނިސްބަތްވާ 11 އެތުލީޓަކަށް ހަމަލާދީ މަރާލި އެވެ.

އެ ހަމަލާގެ އަހަރު ފުރުމާ ގުޅިގެން މިއަދު އިޒްރޭލު ކޮންސިއުލޭޓު ހުރީ ބަންދުކޮށްފަ އެވެ.

ނަމަވެސް ޖަރުމަނު ފުލުހުން އަންނަނީ އެ ގައުމުގައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފަ އެވެ. އަދި ހާއްސަ އޮޕަރޭޝަނެއް ވެސް ވަނީ ފަށާފަ އެވެ.