Advertisement

އަޝްފާގަށް މުރައިދޫގޭގެ އިސް މަގާމެއް

3 ސެޕްޓެންބަރު 2024 - 07:01 4

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އަލީ އަޝްފާގު (ދަގަނޑޭ) -- ފޮޓޯ: އަދަދު


އަޝްފާގަށް މުރައިދޫގޭގެ އިސް މަގާމެއް

3 ސެޕްޓެންބަރު 2024 - 07:01 4

ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެ، މުރައިދޫގޭގެ އިސް މަގާމެއް ދީފި އެވެ.

ބައެއް މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި އަޝްފާގަށް ދީފައިވަނީ މުރައިދޫގޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމެވެ. އޭނާ އެ މަގާމަށް ނުކުންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އަޝްފާގު ތާއިދު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށެވެ. އެއަށް ފަހު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއެކު އެކި ހަފުލާތަކުން ދަގަނޑޭ ފެނެއެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދަރިފުޅެވެ.

ފުޓްބޯޅަ ކެރިއަރު 2001 ގައި އުމުރުން 16 އަހަރުގައި ފެށި އަޝްފާގަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ އަށް ރޭގައި ގިނަ އެވޯޑުތަކާއި ވަނަތައް ލިބިފައިވެ އެވެ.

ރާއްޖޭގެ ކްލަބުތަކަށް ކުޅުމުގެ އިތުރުން މެލޭޝިއާގެ ޕީޑީއާރްއެމް އަށް ވެސް އަޝްފާގު ކުޅުނެވެ. ދެހާސް ސާދަ ވަނަ އަހަރު، މެލޭޝިއާ ޕްރިމިއާ ލީގު، ޕީޑީއާރްއެމް އަށް ކާމިޔާބުކޮށް ދީ އެ ޓީމު ސުޕަ ލީގަށް ޕްރޮމޯޓްކޮށްދީ އެ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމް ވެސް އަޝްފާގު ހޯދި އެވެ.