Advertisement

ޔޫކޭގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ސެކަންޑް ސެކްރެޓަރީގެ މަގާމު ވަހީދުގެ ކާފަ ދަރިފުޅަށް

24 އޮގަސްޓު 2024 - 02:11 0

އަޒްލިފާ އަބްދުﷲ

އ

Advertisement

އިޖާޒު ވަހީދު ގުޑްރިޗް


ޔޫކޭގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ސެކަންޑް ސެކްރެޓަރީގެ މަގާމު ވަހީދުގެ ކާފަ ދަރިފުޅަށް

24 އޮގަސްޓު 2024 - 02:11 0

Advertisement

Advertisement

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ކާފަ ދަރިފުޅު، އިޖާޒު ވަހީދު ގުޑްރިޗް އަށް، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ސެކަންޑް ސެކްރެޓަރީގެ މަގާމު ދީފި އެވެ.

އިޖާޒުގެ ލިންކެޑިން ޕްރޮފައިލްއިން އެނގޭ ގޮތުގައި އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ މަގާމު އޭނާ އަދާކުރަން ފެށީ ޖުލައި މަހުން ފެށިގެންނެވެ.

Advertisement

މި ސަރުކާރުގައި އިޖާޒު ފުރަތަމަ ހުރީ ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ އޭޕްރީލް މަހު އެވެ.

އިޖާޒަކީ ރަގްބީ އެސޯސިއޭޝަން މޯލްޑިވްސް ގެ ފައުންޑަރެވެ.

އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމެއް އިޖާޒު އަށް މި ދިނީ ސިޔާސީ މުވައްޒަފުން އިތުރުވެ ސަރުކާރުގެ ހަރަދު ވެސް އިންތިހާއަށް ބޮޑުވުމާ ގުޅިގެން ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގަ އެވެ.

Advertisement

މިދިޔަ އަހަރުގެ ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތުމުން، ޑރ. ވަހީދު އެ ކޯލިޝަނާ ފެއަށް ޖެހިވަޑައިގެންނެވި އެވެ. ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ކެމްޕޭނު ކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް އަށެވެ.