22 އޮގަސްޓު 2024 - 06:39 0
މުހައްމަދު ޝަހްޒާން
22 އޮގަސްޓު 2024 - 06:39 0
ތިލަފުށީފައި ހުރި މެރިންޑޯ މެރިންވޯކްސް ވޯކްޝޮޕުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލު ނުވެ، އިރާއީ ބުކްޝޮޕުގެ ގުދަނުގައި ވެސް އަލިފާން ހިފައިފި އެވެ.
ފުރަތަމަ އަލިފާން ރޯވި މެރިންޑޯ ވޯކްޝޮޕު ކައިރީގައި ހުންނަ އިރާއީ ބުކްޝޮޕުގެ ގުދަނުގައި އަލިފާން ރޯވެފައިވާކަން އެ ސަރަހައްދުގައި ތިބި މީހުން "އަދަދު" އަށް ކަށަވަރު ކޮށްދިނެވެ.
މެރިންޑޯ ވޯކްޝޮޕުގައި އަލިފާން ރޯވީ މިއަދު ހެނދުނު 8:25 ހާއިރު އެވެ. އެ އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.
މެރިންޑޯ އަލިފާން: ރޯވިއިރު، އެތެރޭގައި ތިބި އެންމެން ނެރެވިއްޖެ
މެރިންޑޯގެ އޮފިޝަލަކު "އަދަދު" އަށް ބުނީ ވޯކްޝޮޕުގައި ރޯވިއިރު، އެތެރޭގައި 30 އެއްހައި މުވައްޒަފުން ތިބި ކަމަށެވެ. ނަމަވެސް އެ ހުރިހާ އެންމެން މިހާރު ރައްކާތެރިކަމާއެކު ބޭރަށް ނުކުމެފައިވާ ކަމަށް އޭނާ ބުންޏެވެ.
މެރިންޑޯ އަލިފާން: ރޯވިއިރު، އެތެރޭގައި ތިބި އެންމެން ނެރެވިއްޖެ
މެރިންޑޯގެ އޮފިޝަލަކު "އަދަދު" އަށް ބުނީ ވޯކްޝޮޕުގައި ރޯވިއިރު، އެތެރޭގައި 30 އެއްހައި މުވައްޒަފުން ތިބި ކަމަށެވެ. ނަމަވެސް އެ ހުރިހާ އެންމެން މިހާރު ރައްކާތެރިކަމާއެކު ބޭރަށް ނުކުމެފައިވާ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އަލިފާން ރޯވިއިރު، މެރިންޑޯ ވޯކްޝޮޕުގެ ތެރޭގައި ތިބި 30 އެއްހައި މުވައްޒަފުން ރައްކާތެރިކަމާއެކު އެތަނުން ނުކުމެފައިވާކަން އެ ކުންފުނީގެ އޮފިޝަލެއް "އަދަދު" އަށް ކަށަވަރު ކޮށްދިނެވެ.
ތިލަފުށީގައި ބޮޑު އަލިފާންގަނޑެއް ރޯވެ އަނދަމުންދާއިރު، އެ އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. ނަމަވެސް ތިލަފުށީގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ވަސީލަތްތައް މަދުވުމުން، މީގެ ކުރިން އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި ވެސް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ.
އަލިފާން އެންމެ ފުރަތަމަ ރޯވި ތަނުގައި ހުރީ ކޮން އެއްޗެއް ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް އިރާއީ ބުކްޝޮޕުގެ ގުދަނުގައި އެކި ވައްތަރުގެ ފޮތް ފަންސޫރާއި އަލިފާން ގަދައަށް ހިފާ ޒާތުގެ އެއްޗެހި ހުންނާނެ ކަމަށް ބެލެވެ އެވެ.
ތިލަފުށީގައި އިންޑަސްޓްރިއަލް ގިނަ މަސައްކަތްތަކެއް ހިންގަ އެވެ. އަދި، ނުރައްކާތެރި އެތައް ކެމިކަލްތަކާއި ތަފާތު އެކި މައުދަންތައް އެރަށުގައި ރައްކާކޮށްފައި ހުރެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment