Advertisement

މެރިންޑޯ އަލިފާން: އެންމެން ނެރެވިއްޖެ، އެކަކު ސަލާމަތްވީ ބެލްކަންޏަކުން ފުންމާލައިގެން

22 އޮގަސްޓު 2024 - 04:38 1

މުހައްމަދު ޝަހްޒާން

މ

Advertisement

ތިލަފުށީގައި ހުންނަ މެރިންޑޯ ވޯކްޝޮޕުގައި ރޯވެ އަނދަމުންދަނީ -- ފޮޓޯ: ކިޔުންތެރިއެއް


މެރިންޑޯ އަލިފާން: އެންމެން ނެރެވިއްޖެ، އެކަކު ސަލާމަތްވީ ބެލްކަންޏަކުން ފުންމާލައިގެން

22 އޮގަސްޓު 2024 - 04:38 1

Advertisement

Advertisement

ތިލަފުށީގައި ހުރި މެރިންޑޯ މެރިންވޯކްސް ވޯކްޝޮޕުގައި ރޯވިއިރު، އެތެރޭގައި ތިބި ހުރިހާ އެންމެން ރައްކާތެރިކަމާއެކު ބޭރަށް ނުކުމެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މެރިންޑޯގެ އޮފިޝަލަކު "އަދަދު" އަށް ބުނީ ވޯކްޝޮޕުގައި ރޯވިއިރު، އެތެރޭގައި 30 މުވައްޒަފުން ތިބި ކަމަށެވެ. ނަމަވެސް އެ ހުރިހާ އެންމެން މިހާރު ރައްކާތެރިކަމާއެކު ބޭރަށް ނުކުމެފައިވާ ކަމަށް އޭނާ ބުންޏެވެ.

Advertisement

އެތަނުގެ ތެރޭގައި ތިބި މުވައްޒަފުންގެ ތެރެއިން އެކަކު ސަލާމަތްވާން، 15 ވަރަކަށް ފޫޓު އުސް ބެލްކަންޏަކުން ފުންމާލި ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

އެ ވޯކްޝޮޕުގައި ރޯވެފައިވާ އަލިފާންގަނޑު ނިވައިލުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

ގުޅީފަޅުގައި ތިބި ބައެއް މީހުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި އެ ސަރަހައްދުން ކަޅު ދުމާ އެކީ އެއްޗެހި ގޮވާ އަޑު ވެސް އެބަ އިވެ އެވެ. ރޯވި ތަނުގައި ހުރީ ކޮން އެއްޗެއް ކަމެއް އަދި ނޭނގެ ނޫނެވެ.

Advertisement

ތިލަފުށީގައި އިންޑަސްޓްރިއަލް ގިނަ މަސައްކަތްތަކެއް ހިނގަ އެވެ. އަދި، ނުރައްކާތެރި އެތައް ކެމިކަލްތަކާއި ތަފާތު އެކި މައުދަންތައް އެ ރަށުގެ ގުދަންތަކުގައި ރައްކާކޮށްފައި ހުރެ އެވެ.

މީގެ ކުރިން ވެސް ތިލަފުށީގައި އަލިފާނުގެ ހާދިސާތައް ހިނގައި އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. މިދިޔަ ޖޫންގައި ވެސް އެފަދަ ހާދިސާއެެއް ހިނގައި، "ރާއްޖެ ލޮޖިސްޓިކްސް" ގުދަނުގައި ހުރި ގިނަ ސާމާނު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

Advertisement

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފިރާގު

7 months ago

އަލިފާން ނިއްވުމުގައި އެމް އެން ޑީ ޢެފް އާއި އެކު އެމްޓީސީސީ ގެ ފަޔަރ ޓީމް ވަރަ ބޮޑަށް ހަރަކާތް ތެރި ވަމުން އެބަ ދޭ