Advertisement

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި މެންބަރުން މާރާމާރީ ހިންގައިފި

17 އޮގަސްޓު 2024 - 13:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި މެންބަރުން މާރާމާރީ ހިންގުން -- ފޮޓޯ: ރޮއިޓާސް


ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި މެންބަރުން މާރާމާރީ ހިންގައިފި

17 އޮގަސްޓު 2024 - 13:37 0

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި 10 ވަރަކަށް މެންބަރުން އިއްޔެ މާރާމާރީ ހިންގައިފި އެވެ.

މާރާމާރީ ހިންގަން ފެށީ ޖަލުގައި ހުންނެވި އިދިކޮޅު ވޯކާސް ޕާޓީ އޮފް ޓާކީ (ޓީއައިޕީ) ގެ މެންބަރު ކޭން އަޓަލޭގެ މަޖިލީހުގެ އިމްތިޔާޒު ނަގާލާފައިވާ މައްސަލައެއްގައި މެންބަރުން މެދުގައި ޒުވާބު ކުރުމުން ދަނިކޮށް އިދިކޮޅުގެ ޑެޕިއުޓީ ލީޑަރަކަށް ހަމަލާދިނުމުންނެވެ.

"އަހަރުމެން ހައިރާނެއް ނުވޭ އަޓަލޭއަށް ޓެރެރިސްޓަކަށް ގޮވީމަ. އެންމެ ބޮޑު ޓެރަރިސްޓުންނަކީ މިތަނުގެ ތަޅުމުގައި ތިބި މެންބަރުން،" އޭކޭޕީގެ މެންބަރު އަހުމަދު ސިޗް ވިދާޅުވި އެވެ.

މާރާމާރީގައި ދެ މެންބަރަކަށް އަނިޔާވެގެން ފަރުވާ ދިނެވެ. އަދި ޖަލްސާގެ ނިޒާމު ގެއްލުމުން ވަނީ ކުރިއަށް ނުގެންދެވިގެން ހުއްޓާލާފަ އެވެ.

އަޓަލޭ ޖަލަށްލީ 2022 ގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް އިންތިޒާމު ކުރި ކަމުގެ ތުހުމަތުގައި 18 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު ޖަލުގައި ހުންނަވައިގެން އޭނާ ވަނީ މެންބަރަކަށް އިންތިހާބުވެފަ އެވެ.

އަޓަލޭގެ މެންބަރުކަމުގެ އިމްތިޔާޒުތައް ހިފަހައްޓާފައި، ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ އޯގަސްޓް 1، ގައި ކޮންސްޓިޓިއުޝަނަލް ކޯޓުންނެވެ.

މިކަމާ ގުޅިގެން ސީއެޗްޕީގެ ލީޑަރު އޮޒްގުރް އޮޒެލް ވިދާޅުވީ މަޖިލީހުގައި ހިނގައިދިޔައީ ވަރަށް ލަދުވެތި ކަމެއް ކަމަށާއި އަންހެން މެންބަރުންނަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.

މީގެ އިތުރުން ބައެއް މެންބަރުން ވަނީ މިކަން ކޮށްފައި ވަނީ ރާވައިގެން އިދިކޮޅު މެންބަރުންގެ އަޑު މަޖިލީހުގައި އަޑު ކަނޑުވާލަން ކަމަށެވެ.