Advertisement

ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްގީކޮށްދޭނެ ބަޔަކު އެޗްޑީސީން ހޯދަނީ

16 އޮގަސްޓު 2024 - 10:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލެ ބީޗުގައި ފަތުރުވެރިޔަކު: ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްގީކޮށްދޭނެ ބަޔަކު އެޗްޑީސީން ހޯދަނީ

16 އޮގަސްޓު 2024 - 10:53 0

ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކުން އޯގަސްޓް، 29 ގެ މެންދުރު 2:00 ޖެހުމުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެދޭ ކަމަށެވެ.

"މަޝްރޫއަށް އެއް ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ލިބިއްޖެނަމަ ކުންފުނިން ހޮވާނީ އެންމެ ފައިދާވާ ރަނގަޅު ޕްރޮޕޯސަލް. ޕްރޮޕޯޒަލްއާއެކު ޑައިވް ސެންޓސަރު ތަރައްގީކޮށް ހިންގާނެ ގޮތުގެ މުޅި ޕްލޭން އެއްކޮށް ހިއްސާކުރުމަށް އެދެން،" އެޗްޑީސީން ބުންޏެވެ.

ބީޗު ފަޅިން 140.5 ސްކިއާ މީޓަރުގެ ބިމެއްގައި ތަރައްގީކުރާ އެ ޑައިވް ސެންޓަރު ތަރައްގީ ކުރެވޭނެ ގޮތުގެ ގައިޑްލައިނެއް ވެސް އެޗްޑީސީން ވަނީ ނެރެފަ އެވެ.