Advertisement

އަނެއްކާ ވެސް ހުޅުމާލޭން ބޮޑު ބިމެއް ޗައިނާ ކުންފުންޏަކަށް ދީފި

14 ފެބުރުވަރީ 2026 - 09:47 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އަނެއްކާ ވެސް ހުޅުމާލޭން ބޮޑު ބިމެއް ޗައިނާ ކުންފުންޏަކަށް ދީފި

14 ފެބުރުވަރީ 2026 - 09:47 1

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހައުސިން މަޝްރޫއެއް ހިންގުމަށްޓަކައި، އަނެއްކާވެސް ބޮޑު ބިމެއް ޗައިނާގެ ކުންފުންޏަކަށް ދީފިއެވެ.

ފޭސް 2 ގެ ޗެނަލް ޕާކު ކުރިމަތީގައި އޮތް ގާތްގަނޑަކަށް 45,000 އަކަފޫޓުގެ މި ބިމުގައި މަޝްރޫއު ހިންގުމަށް، ދިވެހި ބައެއް ކުންފުނިތަކުންވެސް ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް "އަދަދު" ނޫހަށް މައުލޫމާތު ދެއްވި އެޗްޑީސީގެ ބޯޑު މެންބަރުން ވިދާޅުވި ގޮތުގައި، އެ ބިން "ވިއްކާލާފައިވަނީ" ޗައިނާގެ ވެން ލިން ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް އަށެވެ.

"މިއީ ކޮންމެ އިންތިހާބަކާ ދިމާކޮށް މި ސަރުކާރުން ކުރާ ކަމެއް. ޗައިނާގެ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމާއި ބިންތައް ވިއްކުން. މިކަމުގައި ބޮޑެތި ހިޔާނާތްތަކެއް އެކުލެވޭނެ،" މައުލޫމާތު ދިން އެކަކު ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހުވެސް ޗެނަލް ޕާކު ކުރިމަތިން 1.3 މިލިއަން އަކަފޫޓުގެ ބިމެއް ޗައިނާ ކުންފުންޏަކަށް ދީފައިވެއެވެ. އެ މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް އެޗްޑީސީން ދީފައިވަނީ އެންމެ 6 ދުވަހުގެ ކުރު މުއްދަތެކެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ، އެޗްޑީސީގެ ތެރޭގައި ބޮޑެތި ހިޔާނާތްތައް ހިނގަމުންދާ ކަމަށެވެ.

"ބޭރުގެ އިންވެސްޓަރަކު އަހަރެންގެ ގާތުގައި ބުނި ކޮންމެ ކަމަކަށް ފައިސާ ދޭންޖެހޭ ކަމަށް،" އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

ހުޅުމާލޭގެ އެންމެ އަގުބޮޑު ސަރަހައްދުތަކުން ބިންތައް މިފަދަ "އަވަސް އަރުވާލާފައިވާ" އިޖުރާއަތްތަކެއްގެ ތެރެއިން ދޫކުރުމުގެ ސަބަބުން، ދައުލަތަށާއި އެޗްޑީސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބޭނެ އެވެ.