10 އޮގަސްޓު 2024 - 10:07 6
އަޒްލިފާ އަބްދުﷲ
އެމްޓީޑީސީގެ ޗެއާމަން ފާއިޒު
10 އޮގަސްޓު 2024 - 10:07 6
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް އޮޅިގެން، އެމްޓީޑީސީގެ ޗެއާމަން، އަބްދުﷲ ފާއިޒު އެ މަގާމުން ވަކިކުރެވިއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެށިގެން އެމްޓީސީޑީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ފާއިޒު ވަކިކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެ ސިޓީގައި ސޮއި ކުރައްވާފައި ވަނީ ޕީސީބީގެ ރައީސް ހަމްދީ އަގީލެވެ.
މަގާމުން ވަކިކުރިކަން އެންގި ސިޓީ އިއްޔެ މެންދުރު އެމްޓީޑީސީގެ އިސްވެރިންގެ ވަޓްސްއަޕް ގްރޫޕަށް ހިއްސާ ކުރެއްވުމަށް ފަހު އެ ގްރޫޕު ދޫކުރައްވައި ފާއިޒު ނުކުމެވަޑައިގަތެވެ. ނަމަވެސް މިއަދު ޕީސީބީން އެންގީ ފާއިޒު ވަކިކުރީ އޮޅުމަކުން ކަމަށެވެ.
ކުއްލި އަކަށް އެފަދަ ސިޓީއެއް ލިބުމުން އެމްޓީޑީސީން ޕީސީބީއާ މުއާމަލާތް ކުރި އެވެ. އެ މައުލޫމާތު އެނގޭ މީހަކު ބުނީ ފާއިޒު މަގާމުން ވަކިކުރެވުނީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށާއި "އެހެން ކަމުން އެމްޓީޑީސީގެ ބޯޑުގެ ޗެއާމަން އަކަށް އަދިވެސް ހުންނަވާނީ އަބްދުﷲ ފާއިޒު" ކަމަށެވެ.
ފާއިޒު މަގާމަށް އަލުން އައްޔަން ކުރިކަމުގެ ލިޔުން މާދަމާ ފޮނުވާނެ ކަމަށް ދެންނެވި ކަމަށް އެމްޓީޑީސީގެ އޮފިޝަލަކު ވިދާޅުވިވެ އެވެ.
އެމްޓީޑީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި އޭނާ އައްޔަން ކުރެވުނީ ފެބްރުއަރީ 6، 2019 ގަ އެވެ. އެއަށް ފަހު ބޯޑުގެ ޗެއާމަން އަކަށް އައްޔަން ކުރީ ފެބްރުއަރި 13، 2019 ގަ އެވެ.
75.00%
0.00%
25.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
علي وحيد
7 months ago
ސާބަހޭ ކޮއިފުޅާ މުއިއްޒުގެ ހާދަ ކުޅަދާނައޭ ބޭންކް އޮފް މޯލްޑިވުސްއިން އޮޅިގެން 77 ބިލިޔަން ޑޮލަރު އޮޅިގެން އެމްޓީޑީސީގެ ޗެއާރމަން އޮޅިގެން ވަކިކޮށްފި
ާހމެދ ޜަސހެެދ ޜަސހެެދ
7 months ago
ޕީސީބީ ގައި ތިއަށްވުރެ ތަންދޮރު އެނގޭ މީހުން ތިބެންވެއްޖެ އެއްނު..
ޙަޒްނާ
7 months ago
ތިތާ އުޅޭ ނިޔާޒު ވަކި ކޮށްބަލަ
އޮޅިގެން
7 months ago
ހުރިހާކަމެއް އޮޅިގެން ހާދަފައްކަލޭ ފާއިޒު ދެން މަޑުކޮށްލައްވާ ވާނުވާ ނޭނގޭ ބައެއްގެ ތެރޭގައި ހުންނަވާނީ ކަމެއްނެތް.
ހާފުސީ
7 months ago
ކިހިނެއް ހިނގާ ތަނެއްތަ... ޓަޓަސްލާފަ މީހުން މިގޮތަށް ވަކިކޮށް އެއްކުރުމުގެ ބާރު އޮންނަނީ ކިހިނެއްތަ؟ ދިރާސާއެއް އެއްޗެއްވެސް ނުކޮށްތަ މިހެން ކަންކަންކުރަނީ؟ ގައިމު އޮޅިގެން މިހެން ކަންކަން ކުރެވޭނީ އިތުރު ކަމެއް ނުކޮށް ހަމަ އެކަނި ސިޓީއަކުން ކޮއްލާ ކަމަކުންކަމަށް ދެކެނީ.
މަމެން
7 months ago
ބައެއް ފަހަރު އެހެންވާނެ. ސަރުކާރުތައް ހިނގާގޮތް އެނގޭނަމަ ތިޔަގޮތައް ނުބުނާނެ. ހިޔެއްނުވޭ ތީކީ ޕީސީބޭގެ ކަމެއް ހެނެއް. ތިވާނީ ރައީސް އޮފީހުގެ ކަމެއް ކަމަށް
Comment