Advertisement

ގާޒާއަށް ހަމަލާދިނުން ހުއްޓާލަން އޮސްޓްރޭލިއާ އާއި ކެނެޑާ އާއި ނިއު ޒިލެންޑުން ގޮވާލައިފި

26 ޖުލައި 2024 - 14:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުން ގާޒާއަށް ދިން ހަމަލާއެއްގައި އަވަށެއް ސުންނާފަތިކޮށްލާފައި: ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލަން ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއު ޒިލެންޑުން ވަނީ ގޮވާލާފައި -- ފޮޓޯ: ރޮއިޓާސް


ގާޒާއަށް ހަމަލާދިނުން ހުއްޓާލަން އޮސްޓްރޭލިއާ އާއި ކެނެޑާ އާއި ނިއު ޒިލެންޑުން ގޮވާލައިފި

26 ޖުލައި 2024 - 14:13 0

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދޭ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަން އޮސްޓޭލިއާ، ކެނެޑާ އަދި ނިއު ޒިލެންޑުގެ ލީޑަރުން ގޮވާލައިފި އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމުގައި އެ ގައުމުގައި ތިބި ފަލަސްތީނުގެ 39،000 އަށްވުރެ ގިނަ މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.

އޮސްޓްރޭލިއާ، ކެނެޑާ އަދި ނިއު ޒިލެންޑުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލައި، ފަލަސްތީނުގައި ތިބި އެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ދޭން ޖެހޭ ކަމަށެވެ.

ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަޑު ގަދަވަމުންދާއިރު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނައިބު ރައީސް ކަމަލާ ހެރިސް ވެސް ވަނީ ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް ބާރު އަޅުއްވާފަ އެވެ.

މިހެން ނަމަވެސް މިހާތަނަށް ވެސް ގާޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓުވޭ އެއްބަސްވުމަކަށް އިޒްރޭލާއެކު އެއްވެސް ބަޔަކަށް ނާދެވެ އެވެ.