ޒަކާތު ފަންޑުން ގާޒާއަށް ދޭ އެއްލައްކަ ޑޮލަރު މި މަހު ގަތަރު ރެޑް ކްރޮސްއަށް ޖަމާކުރަނީ

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު: ޒަކާތު ފަންޑުން ގާޒާއަށް އެހީވާން ދޭ އެއްލައްކަ ޑޮލަރު މި މަހު ޖަމާކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު: ޒަކާތު ފަންޑުން ގާޒާއަށް އެހީވާން ދޭ އެއްލައްކަ ޑޮލަރު މި މަހު ޖަމާކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާއަށް އެހީވާން ދޭ އެއް ލައްކަ ޑޮލަރުގެ ފައިސާގެ އެހީ މި މަހުގެ ތެރޭގައި ގަތަރު ރެޑް ކްރެސެންޓަށް ޖަމާކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޒަކާތު ފަންޑުން ގާޒާގެ ރައްޔިތުންނަށް އެހީވާން ފޮނުވާނީ 100،000 ޑޮލަރު ޑޮލަރު (1.5 މިލިއަން ރުފިޔާ) ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އެޕްރިލް، 9 ގަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު "އަދަދު" އަށް ވިދާޅުވީ ފައިސާ ޖަމާކުރުމާ ގުޅޭގޮތުން ގަތަރު ރެޑް ކްރެސެންޓާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މިހާރު ކުރިއަށްދަނީ އެ ފައިސާ ހަރަދުކުރާނެ ގޮތުގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.

"ދެ ފަރާތުން އެއްބަސްވުމެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އެ ބޭފުޅުން ޑޭޓެއް ދިނީމަ މިކޮޅުން ވަފްދެއް އެކޮޅަށް ގޮސް ފައިސާ ހަވާލުކުރާނީ. މި މަސް ތެރޭގައި އެއްބަސްވުމުގައި ސޮއިކުރާނެ. އަދި ފައިސާ އިރާދަކުރެއްވިއްޔާ ޖަމާކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ކުރިން ވިދާޅުވީ މިއީ "ގާޒާ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް" ކަމަށާއި، އެ އެހީ ފޮނުވާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. ނަމަވެސް ފުރަތަމަ ފޮނުވާނީ ކިހާ ވަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ގަތަރު ރެޑް ކްރެސެންޓު މެދުވެރުކޮށް އެހީ ފޯރުކޮށް ދޭން ނިންމީ، "ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތް އެތަނުގައި [ގާޒާގައި] ސީދާ ނެތީމަ" ކަމަށާއި، އެތަނުގައި އަމަލީ ގޮތުން މަސައްކަތުގެ މައިދާނުގައި އޮތީ އެ މީހުން [ގަތަރު ރެޑް ކްރެސެންޓު]" ކަމަށެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި ފަލަސްތީނުގެ 38،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ފަލަސްތީނުގެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެމީހުންނަށް ބޭނުންވާ އެއްވެސް ޒަރޫރީ ބޭނުމެއް ފުއްދޭނެ ގޮތެއް ނެތެވެ.

ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން، އިސްލާމިކް މިނިސްޓްރީގައި އުފައްދާފައިވާ ފަންޑެކެވެ. އަދި އެ ފަންޑު ވަރުގަދަ ކުރުމަށް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox