Advertisement

އެފްއައިއައިއާ ގުޅިގެން އުރީދޫއިން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަނީ

1 ޖުލައި 2024 - 09:13 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫއިން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަން ނިންމުން: އެކަމާ ގުޅޭ ޕްރޮމޯޝަނަލް ފޮޓޯ -- އުރީދޫ


އެފްއައިއައިއާ ގުޅިގެން އުރީދޫއިން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަނީ

1 ޖުލައި 2024 - 09:13 1

އުރީދޫ މޯލްޑިވްސް އާއި ފްރީޑައިވިން އިންސްޓްރަކްޓާސް އިންޓަނޭޝަނަލް (އެފްއައިއައި) ގުޅިގެން ރާއްޖޭގައި ފްރީޑައިވިން ކޮމިއުނިޓީއަށް ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

އުރީދޫއިން ބުނީ "ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން" ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަން އޮންނާނީ ޖުލައި، 3 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑް ކުއާޓާސްގައި ކަމަށެވެ.

މި ސެޝަންއަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއި ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓް ކުރުން ކަމަށް އުރީދޫއިން ބުނެ އެވެ.

މި ސެޝަންގައި އިސްކޮށް ހަރަކާތްތެރި ވާނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުން ކަމަށްވާ އެމެރިކާގެ ފުރަތަމަ އަދި ހަމައެކަނި ރެކްރިއޭޝަނަލް ފްރީޑައިވިން އެޑިއުކޭޝަން އެޖެންސީ އެވެ. އެއީ 13 ފަހަރު ވޯލްޑް ރެކޯޑް ފްރީޑައިވަރު މާޓިން ސްޓެޕަނެކް އާއި ދުނިޔޭގެ މަޝްހޫރު ފްރީ ޑައިވިން އިންސްޓްރަކްޓަރު އެރޯލް ޕުޓިގްނާ އެވެ.

އުރީދޫއިން ވަނީ ލިންކެއް މެދުވެރިކޮށް މި ސެޝަންގައި ހިލޭ ރަޖިސްޓްރީ ކުރެވޭނެ ފުރުަސަތު ހުޅުވާލާފަ އެވެ.

މާޓިން ސްޓެޕަނެކް:

މާޓިން ސްޓެޕަނެކް އަކީ 13 ފަހަރު ވޯލްޑް ރެކޯޑް ހަދާފައިވާ ފްރީޑައިވަރެއްގެ އިތުރުން މިކުޅިވަރުގެ ތާރީހުގައި އުފެދުނު މޮޅު ފްރީޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ ވަނީ އެއް ނޭވާގައި 400 ފޫޓަށްވުރެ އަޑިއަށް ފީނާފަ އެވެ. މާޓިންއަކީ ފްރީޑައިވިންގެ ފަހަތުގައިވާ ފިޒިއޮލޮޖީއަށް ޝައުގުވެރިވާ އަދި ހާވާޑް ޔުނިވާސިޓީ އާއި ސްވިޑެންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިންނާ ގުޅިގެން މި ކުޅިވަރުގެ ފަހަތުގައިވާ ބައެއް ފިޒިއޮލޮޖިކަލް ސިއްރުތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ. މިހާރު ކުރިއަށްދާ މި ދިރާސާގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން ސައިންސްވެރިންނަށް ފްރީޑައިވަރުންނަށް ކަނޑުގެ އަޑީގެ ޕްރެޝަރގައި ދިމާވާ ކަންކަން ރަނގަޅަށް ދެނެގަނެވޭނެ އެވެ.

އެރޯލް ޕުޓިނަމް

ކެނެޑާގެ ޓޮރޮންޓޯގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފްރީޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ އެރޯލް އަކީ ކުޑައިރުއްސުރެ ފްރީޑައިވިންގެ ދުނިޔޭގައި އުޅެމުން އަންނަ ފަރާތެކެވެ. އޭނާ އަކީ އެފްއައިއައިގައި މާޓިން ސްޓެޕަނެކްއާ އެކު ވަރަށް ގާތުން މަސައްކަތް ކުރާ އަދި ސްޓެޕަނެކާއެކު އެފްއައިއައިގެ ޖޫނިއާ ފްރީޑައިވާ ޕްރޮގްރާމް ފަދަ ކަރިކިއުލަމް ޑިވެލޮޕް ކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ފްރީޑައިވިން އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނޭ އިންސްޓްރަކްޓަރެކެވެ. އޭނާ ކިޔަވައިދެނީ އެމެރިކާ، ބަހާމާސް، ޕުއެޓޯ ރިކޯ، ސްޕެއިން އަދި ގަތަރުގެ އެކި ކަންކޮޅުތަކުގައި ރިކްރިއޭޝަނަލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ސެޓްފިކޭޝަން ކޯސްތަކެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްގައި މުޖުތަމައުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"މި ފްރީޑައިވިން ސޭފްޓީ ސެޝަނަކީ، އަޅުގަނޑުމެންގެ ކުރިއަރަމުން އަންނަ ފްރީޑައިވަރުންގެ މުޖުތަމައަށް، ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާއެކު، އެމީހުންގެ ޝައުގުވެރިކަން ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް، ހާލިދު ވިދާޅުވި އެވެ.

މީގެއިތުރުން އެފްއައިއައިގެ ފައުންޑާ މާޓިން ސްޓެޕަނެކް ވިދާޅުވީ ފްރީޑައިވިންއަކީ ހަމައެކަނި ޖިސްމާނީ އަދި ނަފްސާނީ ހަރުދަނާކަމެއް ނޫން ކަމަށާއި ސަލާމަތީ ކަންކަމާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ވަރަށް ރީތި އަދި ޗެލެންޖިން ކުޅިވަރެއް ކަމަށެވެ.

އުރީދޫއިން އަންނަނީ ރާއްޖޭގެ އެކި ކޮމިއުނިޓީތަކަށް އަމާޒުކޮށް އަބަދުވެސް ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.