އަންނަ އަހަރު ޖީއެސްޓީ، އިމްޕޯޓް ޑިއުޓީ، ޓޫރިޒަމް ބިމު ކުލި އަދި ޓެލެކޮމް ފީތައް ބޮޑުކުރަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ކައުންޓަރު ކިއުގައި ގިނަ ބަޔަކު. އަންނަ އަހަރު ޓެކްސްތައް ބޮޑުކުރުމުން ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ބެލެވޭ. --- ފޮޓޯ: އަދަދު ފައިލް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ކައުންޓަރު ކިއުގައި ގިނަ ބަޔަކު. އަންނަ އަހަރު ޓެކްސްތައް ބޮޑުކުރުމުން ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ބެލެވޭ. --- ފޮޓޯ: އަދަދު ފައިލް

އަންނަ އަހަރުގެ ތެރޭގައި މިހާރު ނަގަމުންދާ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ޓެލެކޮމް ފީތަކުގެ އިތުރުން އިމްޕޯޓް ޑިއުޓީ ރޭޓުތައް ބޮޑުކުރަން ނިންމައި އެކަން ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

ސަރުކާރުގެ މާލީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް އުނިއިތުރު ގެނައުމަށް ނިންމައި ކެބިނެޓުން ފާސްކޮށް މިއަދު ވަނީ ދައުލަތުގެ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓަޖީ 2024 ޝާއިއުކޮށްފަ އެވެ.

އެ ސްޓްރެޓެޖީގައި ވަނީ މިއަހަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނެ ތާރީހުތައް ހިމަނާފަ އެވެ.

2024 ގައި ތަންފީޒުކުރާ ފިޔަވަޅުތައް

  • އެއާޕޯޓުގެ ހިދުމަތްތަކުން ނަގަމުންދާ ޓެކުހާއި ފީތައް ބޮޑުކުރުން
  • އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ޑިއުޓީ މާފުކުރާ އައިޓަމްތައް ރިވިއުކުރުން [އާ އައިޓަމްތަކުން ޑިއުޓީ ނަގަން ފަށާނެ]

2025 ގައި ތަންފީޒުކުރާ ފިޔަވަޅުތައް

  • ގްރީން ޓެކްސް ރޭޓް ބޮޑުކުރުން
  • ޖީއެސްޓީ ނަގާ މުދާ އިތުރުކުރުމާއި ރޭޓު ބޮޑުކުރުން
  • އިމްޕޯޓް ޑިއުޓީ ރޭޓުތައް ބޮޑުކުރުން
  • ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ބޮޑުކުރުން
  • ޓޫރިޒަމް ބިމު ކުލި ބޮޑުކުރުން
  • ބަނގުރަލާއި އޫރުމަހާއި ދުންފަތް ފަދަ ތަކެތިން ޓެކްސް ނެގުމުގެ ސިޔާސަތު ރިވިއުކުރުން
ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް. ފިޔަވަޅުތައް ސިފަކުރާނީ ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން ---
ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް. ފިޔަވަޅުތައް ސިފަކުރާނީ ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން ---

ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް. ފިޔަވަޅުތައް ސިފަކުރާނީ ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން ---

އޭގެ އިތުރުން 2026 ގައި ކާބަން ކްރެޑިޓްސް މަނިޓައިޒް ކުރުމަށާއި އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ އިންކަމް ޓެކުހާއި ކޯޕަރޭޓް އިންކަމް ޓެކްސްތައް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން 2027 އަދި 2028 ގައި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox