23 މޭ 2024 - 12:48 0
އަތޫފް އާތިފް
ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެޓްރިކްސް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން.--- ފޮޓޯ: އިމޭޖަސް.އެމްވީ
23 މޭ 2024 - 12:48 0
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި 21 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ކުލަބް މެޓްރިކްސް އިން ހޯދައިފި އެވެ.
ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލު މެޗު މެޓްރިކްސް އިން ކާމިޔާބުކުރީ 57-46 ޕޮއިންޓުންނެވެ.
މެޓްރިކްސް އިން ވަނީ މި މަހު ކުރީކޮޅު ކުރިއަށްދިޔަ ނެޓްބޯލް އެސޯސިއޭޝަން ކަޕު ވެސް ކާމިޔާބުކޮށްފަ އެވެ. އެ ފަހަރުގެ ފައިނަލުގައި ވެސް ވާދަކުރީ ގްރީން ސްޓްރީޓްސް އާއި މެޓްރިކްސް އެވެ.
ޖުމްލަ ފަސް ޓީމާއެކު, ކުރިއަށްދިޔަ ގައުމީ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ މެޓްރިކްސްގެ އާމިނަތު ރަބާބު އިބްރާހީމް، އީމާ އަބްދުލް ސައްތާރު، ހަމްނާ އަބްދުލް ރަހުމާން، މަރިޔަމް ޝިނާތު އަދި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޗަތުރަންގީ ޝަނިކާ އެވެ. މީގެ އިތުރުން ގްރީން ސްޓްރީޓްސްގެ އައިޝަތު ރީމާއާއި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެސެޓާ މޭރީ ވެސް ވަނީ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކުލަބުގެ މިޝްކާ އަފްރާހް ހަސަން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެޓްރިކްސްގެ އީމާ އަބްދުއް ސައްތާރު އެވެ.
Comment