Advertisement

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް އަދި ކުޅުދުއްފުށި ޔޫތަށް ރަނގަޅު ފެށުމެއް

26 އޭޕްރީލް 2024 - 18:06 0


ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް އަދި ކުޅުދުއްފުށި ޔޫތަށް ރަނގަޅު ފެށުމެއް

26 އޭޕްރީލް 2024 - 18:06 0

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ކުލަބް ގްރީން ސްޓްރީޓްސް އިން ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބް ބަލިކޮށް ފެށުން ރަނގަޅުކުރިއިރު, ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބުން, ސްޕޯޓްސް ކުލަބް ޝައިނިން ސްޓާގެ މައްޗަށް ކުރިހޯދައިފި އެވެ.

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ރޭ ފެށިއިރު, މި ފަހަރުގެ މުބާރާތުގައި, އަށް ކުލަބަކުން ވާދަކުރާނެ އެވެ. އެއީ ކުލަބް ގްރީން ސްޓްރީޓްސް, ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބް, ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކުލަބް, ކުލަބް ޝައިނިން ސްޓާ, ކްލަބް މެޓްރިކްސް, ޔޫތް ޔުނައިޓެޑް ސްޕޯޓްސް ކުލަބް, ޒެނިތު ސްޕޯޓްސް ކުލަބް އަދި އެމްވީ ނެޓާސް އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އިން ޔުނައިޓެޑް ޔުނިޓީގެ މައްޗަށް ކުރިހޯދީ 101-7 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ކުޅުދުއްފުށި ޔޫތުން އިން ޝައިނިންގް ސްޓާގެ މައްޗަށް ކުރިހޯދީ ވެސް ފަސޭހަކަމާއެކު, 66-20 ޕޮއިންޓުންނެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ކުޅުދުއްފުށި ޔޫތު އާއި ގްރީން ސްޓްރީޓްސް އެވެ. އެ ފަހަރުގެ ފައިނަލް ކާމިޔާބުކުރީ ކުޅުދުއްފުށި ޔޫތުންނެވެ.

ނެޓްބޯޅަ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނެޓްބޯޅައިގެ އިންޑޯ ކޯޓުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް ކުރިއަށް ގެންދާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެ އެވެ.