Advertisement

ސްރީލަންކާގައި އޮތް މުބާރާތަކުން ފިއޮންތި އެކަޑެމީއަށް ބޮޑު ކާމިޔާބީއެއް

26 ޑިސެންބަރު 2023 - 12:57 0

ސްރީލަންކާގެ ކެންޑީގައި ކުރިއަށްދިޔަ ކޯޗު އެޗް ނެޓްބޯޅަ މުބާރާތުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދި ފިއޮންތި ސްޕޯޓްސް އެކަޑެމީގެ 13 އަހަރުން ދަށުގެ ޓީމް


ސްރީލަންކާގައި އޮތް މުބާރާތަކުން ފިއޮންތި އެކަޑެމީއަށް ބޮޑު ކާމިޔާބީއެއް

26 ޑިސެންބަރު 2023 - 12:57 0

ސްރީ ލަންކާގެ ކެންޑީގައި ކުރިއަށްދިޔަ ކޯޗު އެޗް ނެޓްބޯޅަ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ފިއޮންތި ސްޕޯޓްސް އެކަޑެމީގެ 13 އަހަރުން ދަށުގެ ޓީމުން ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މަހުގެ 20 ވަނަ ދުވަހު ލަންކާގެ ކެންޑީގައި ހުންނަ ޑިގާނާ ކެންޑީ ސްޕޯޓްސް ވިލެޖުގެ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މުބާރާތުގައި ލަންކާގެ އެކަޑެމީތަކާއި ސްކޫލްތަކުގެ ޓީމްތަކުން ވާދަކުރި އެވެ. މި މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ފިއޮންތި ސްޕޯޓްސް އެކަޑެމީގެ ޓީމުން ހޯދިއިރު، މި މުބާރާތުގެ 15 އަހަރުން ދަށުގެ ބައިން ފިއޮންތި އެކަޑެމީގެ ޓީމުން ވަނީ ދެ ވަނަ ހޯދައިފަ އެވެ.

ތޭރަ އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން މި އުމުފުރާގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައިވެސް މި އެކަޑެމީގެ ކުޅުންތެރިން ހިމެނެ އެވެ. 13 އަހަރުން ދަށުގެ އެންމެ ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޝޫޓަރުގެ މަގާމް ހޯދީ ހައްވާ ހައުރާ ހަމީދު އެވެ. އެންމެ މޮޅޫ ސެންޓާ ކޯޓު ޕްލޭޔަރަކަށް ހޮވުނީ އާމިނަތު އަލްޔާ އަލީ އެވެ.

ސްރީލަންކާގެ ކެންޑީގައި ކުރިއަށްދިޔަ ކޯޗު އެޗް ނެޓްބޯޅަ މުބާރާތުގައި ވާދަކޮށް ދެވަނަ ހޯދި 15 އަހަރުން ދަށުގެ ޓީމް


މިދިޔަ ހަފްތާގައި ކުރިއަށްދިޔަ މުބާރާތުގެ އިތުރުން ފިއޮންތި ސްޕޯޓްސް އެކަޑެމީގެ ދެ ޓީމުން ވަނީ ލަންކާގެ އެކި އެކަޑެމީތަކާއިއެކު އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެފަ އެވެ. އަދި މީގެ އިތުރުން ކޯޗިން ކޭމްޕްތަކެއްވެސް ކުރިއަށްދިޔަ އެވެ.

ސްރީލަންކާގެ ކެންޑީގައި ކުރިއަށްދިޔަ ކޯޗު އެޗް ނެޓްބޯޅަ މުބާރާތަކީ ލަންކާ އާއި ސިންގަޕޫރުގެ ކުރީގެ ކޯޗު ހްޔަސިންތް ވިޖެސިންހާގެ އެކަޑެމީކަމަށްވާ ކޯޗު އެޗް އެކަޑެމީއިން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ކުރިން ކުރިއަށްދިޔަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ދިވެހި ކުޅުންތެރިންނަށްވެސް ނަގައިދިނީ ހްޔަސިންތް އެވެ.

ލަންކާ މުބާރާތުން ކާމިޔާބު ހޯދި ފިއޮންތި ސްޕޯޓްސް އެކަޑެމީއަކީ ނެޓްބޯޅައިގެ ޒުވާން ގިނަ ތަރިންތަކެއް އުފައްދަމުން އަންނަ އެކަޑެމީއެކެވެ. އެ އެކަޑެމީ އިން ވަނީ ދާދި ފަހުން ސްކޫލްތަކަށް އަމާޒުކޮށް ނެޓްބޯޅަ ފެސްޓިވަލެއް ވެސް ބާއްވައިފަ އެވެ.