Advertisement

ބޯކޮށް ވަރޭވެހޭނެ ކަމަށް ލަފާކޮށް އުތުރަށް ރީނދޫ އެލާޓް ނެރެފި

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހެނިކޮށް ދޯންޏެއް ދުއްވަނީ. ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި އާދައަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައި --- ފޮޓޯ: އަދަދު


ބޯކޮށް ވަރޭވެހޭނެ ކަމަށް ލަފާކޮށް އުތުރަށް ރީނދޫ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް މިރޭ ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް 22:30 އިން ފެށިގެން 02:30 އަށް ރީނދޫ އެލާޓް ނެރެފައިވާ ކަމަށެވެ.

މިގޮތުން ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ.

މިރޭ 19:00 ޖެހިއިރު ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް -- ފޯޓޯ؛ މެޓް އޮފީސް


ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އަދި ހާއްސަކޮށް މާލެއަށް ވެސް ބޯކޮށް ވާރޭވެހި އަންނަނީ ގުގުރަމުންނެވެ.

މެޓް އޮފީހުން މިއަދު މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރުނެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓްއިން ބުނެ އެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިރޭ 11:00 އިން ފަތިހު 05:00 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.