about 2 hours 0
އަމަން ހަލީމް
ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑް: މި އަތޮޅުގައި މުޅިންހެން އޮންނަނީ މަތީ ފަންތީގެ ރިސޯޓުތައް ---
about 2 hours 0
ފަސް ތަރީގެ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް އޮންނަ ނ. އަތޮޅުގައި ހިންގާ ރިސޯޓުތަކަށް އަހަރެއްގެ ތެރޭގައި އެވަރެޖުކޮށް 60 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ލިބޭ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރިސޯޓުތަކަށް ލިބޭ އާމްދަނީ އާއި ރިސޯޓުތަކުން ދައުލަތަށް ދައްކާ ސާވިސް ޓެކްސް (ޓީޖީއެސްޓީ) ގެ މައުލޫމާތު މީރާއިން އާންމުކުރަނީ "ސޭލްސް އެންޑް ބެޑް ނައިޓްސް ރިޕޯޓަޑް ފްރޮމް ދަ ރިސޯޓު ސެކްޓާ އެޓް އެޓޯލް ލެވަލް ފްރޯމް 2016-2024" ރިޕޯޓުގަ އެވެ. މިއީ ރިސޯޓުތަކުން ދައްކާ ޓީޖީއެސްޓީއަށް ބިނާކޮށް ޓެކްސް އިދާރާއިން ކުރާ ލަފާކުރުންތަކެއް ހިމަނައިގެން އެކުލަވާލާ ރިޕޯޓެކެވެ.
މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ރިޕޯޓުގައި ވަނީ 2016 އިން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ރިސޯޓުތަކަށް ލިބުނު އާމްދަނީގެ މައުލޫމާތެވެ. އެ ރިޕޯޓުގައިވާ ގޮތުގައި 2024 ވަނަ އަހަރު ރިސޯޓުތަކަށް 5.1 ބިލިއަން ޑޮލަރު (79.2 ބިލިއަން ރުފިޔާ) ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 634 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ރެކޯޑުތަކަށް ބަލާއިރު، 2024 ވަނަ އަހަރަކީ ޓޫރިޒަމް ސިނާއަތަށް ފަސް ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބުނު ފުރަތަމަ އަހަރެވެ. އޭގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރު ކަމުގައިވާ 2022 ވަނަ އަހަރުގައި ރިސޯޓުތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 4.9 ބިލިއަން ޑޮލަރެވެ.
މީރާގެ ރިޕޯޓުން ވަކިވަކި ރިސޯޓުތަކަށް އާމްދަނީ ލިބޭ ވަރެއް ނޭނގުނަސް، އަތޮޅުތައް ވަކިކޮށްފައި އޮންނާތީ ރިސޯޓުތައް ގިނަ އަތޮޅުތަކުގައި އެވަރެޖުކޮށް ރިސޯޓަކަށް ޖެހޭ އާމްދަނީ ހިސާބުކުރެވެ އެވެ. މިހެން ހިސާބުކުރާއިރު ބޮޑު ތަފާތަކާއެކީ ލިސްޓުގެ އެންމެ ކުރީގައި ނ. އަތޮޅެވެ.
ނ. އަތޮޅުގައި އަށް ރިސޯޓެއް ހިންގަމުން އަންނައިރު، 2024 ވަނަ އަހަރު އެ ރިސޯޓުތަކަށް ލިބުނު ޖުމްލަ އާމްދަނީ 475 މިލިއަން ޑޮލަރަށް އަރަ އެވެ. މިއީ އެއަށް ވުރެ ގިނަ ރިސޯޓުތައް ހުރި ބައެއް އަތޮޅުތަކުން ލިބުނު އާމްދަނީއަށް ވުރެ ވެސް ބޮޑު އާމްދަނީއެކެވެ.
ޖުމްލަ އާމްދަނީގެ ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ރިސޯޓުތައް ވެސް އެންމެ ގިނަ ކ. އަތޮޅުންނެވެ. ކ. އަތޮޅުގައި ހިންގާ 58 ރިސޯޓަށް ލިބުނު އާމްދަނީ 1.9 ބިލިއަން ޑޮލަރަށް އަރަ އެވެ. އެވަރެޖުކޮށް ކޮންމެ ރިސޯޓަކަށް ޖެހޭ އާމްދަނީއަކީ 33.8 މިލިއަން ޑޮލަރެވެ.
މުޅި ރާއްޖެއަށް ބަލާއިރު، އެވަރެޖުކޮށް ރިސޯޓަކަށް ލިބޭ އާމްދަނީ އުޅެނީ 28.8 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ރިސޯޓުތައް މަދު އަތޮޅުތަކުގެ އެވަރެޖު އުޅެނީ އަހަރަކު 20 މިލިއަން ޑޮލަރަށް ވުރެ ދަށުގަ އެވެ. އެވަރެޖުކޮށް ބެޑްނައިޓަކަށް (ޓޫރިސްޓަކު ހުންނަ ކޮންމެ ރެއަކަށް) ޖެހޭ އާމްދަނީ އުޅެނީ 439 ޑޮލަރުގަ އެވެ.
Comment