Advertisement

ބްރެޒިލްގައި ފެންބޮޑުވުން: 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ބްރެޒިލްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި -- ފޮޓޯ: ބްލޫމްބާގް


ބްރެޒިލްގައި ފެންބޮޑުވުން: 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ބްރެޒިލްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ބްރެޒިލްގެ ނެޝަނަލް ކޮންފެޑެރޭޝަން މުނިސިޕަލްޓީސްއިން ބުނީ މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 1.45 މިލިއަން މީހުންނަށް އަސަރު ކޮށް، ދެ ލައްކައަށްވުރެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

ބްރެޒިލްއަށް މިހާތަނަށް ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު 904 މިލިއަން ޑޮލަރަށް އަރާ ކަމަށް ނެޝަނަލް ކޮންފެޑެރޭޝަން މުނިސިޕަލްޓީސްއިން ބުނެ އެވެ.

ބްރެޒިލްގެ ރިއޯއަށް ހަފްތާއެއް ތެރޭގައި ފަސް މަސް ދުވަހުގެ ތެރޭގައި ވާރޭ ވެހޭ ވަރަށް އެއްފަހަރާ ވެހުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ބްރެޒިލްގެ އެކި ހިސާބުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް 15،000 އަށްވުރެ ގިނަ ފުލުހުންނާއި، ސިފައިންމާއި، ފަޔާ ފައިޓަރުން އަދި ވޮލެންޓްރީކޮށް މަސައްކަތްކުރާ މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.