Advertisement

އޮސްޓްރޭލިއާއިން ސްޓޫޑެންޓް ވިސާ ލިބުން ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ބިދޭސީ ދަރިވަރުންތަކެއް -- ފޮޓޯ: އިމިގްރޭޝަން ހޮޓްސްޕޮޓް


އޮސްޓްރޭލިއާއިން ސްޓޫޑެންޓް ވިސާ ލިބުން ހަރުކަށިކޮށްފި

އޮސްޓްރޭލިއާއިން ސްޓޫޑެންޓް ހޯދާ ދަރިވަރުންގެ އަދަދު އިތުރުވާތީ ވިސާ ހޯދުމުގެ ޝަރުތު ހަރުކަށި ކޮށްފި އެވެ.

އޮސްޓްރޭލިއާގައި އުޅޭ ބިދޭސީން މަދު ކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތުގެ ދަށުން، ސްޓޫޑެންޓް ވިސާ ހޯދާއިރު، ބޭންކު އެކައުންޓުގައި ބަހައްޓަން ޖެހޭ ލިމިޓު 21،041 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. ކުރިން ބަހައްޓަން ޖެހެނީ 19،576 ޑޮލަރެވެ. މިއީ މި ލިމިޓު ހަތް މަސް ތެރޭގައި ބޮޑުކުރި ދެވަނަ ފަހަރެވެ.

މީގެ އިތުރުން ސްޓޫޑެންޓު ވިސާއަށް އެޕްލައިކުރާ ކުދިންގެ އިނގިރޭސި ފެންވަރު ހުންނަން ޖެހޭ މިންވަރު މާޗު މަހު ވަނީ މަތިކޮށްފަ އެވެ.

އޮސްޓްރޭލިއާގައި ކުއްޔަށް އުޅޭ ބިދޭސީން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާއިރު، ކުއްޔަށް ލިބެން ހުންނަ ތަންތަން ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި ތަންތަން ލިބެން ހުންނަ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.

އޮސްޓްރޭލިއާގައި ބިދޭސީ ދަރިވަރުންގެ ބޮޑު މާކެޓެއް އޮންނައިރު، ރާއްޖެއިން ވެސް ސްޓޫޑެންޓު ލޯނުގެ އިތުރުން އަމިއްލަ ހަރަދުގައި އޮސްޓްރޭލިއާގައި ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދެ އެވެ.