Advertisement

އޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދިން 16 އަހަރުގެ ކުއްޖަކު މަރުވެއްޖެ

6 ފެބުރުވަރީ 2023 - 06:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުޑަ ކުއްޖާއަށް މިޔަރު ހަމަލާދިން ކޯރުގައި އޮސްޓްރޭލިއާ ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ނައިން ނިއުސް


އޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދިން 16 އަހަރުގެ ކުއްޖަކު މަރުވެއްޖެ

6 ފެބުރުވަރީ 2023 - 06:42 0

އޮސްޓްރޭލިއާގެ ޕާތުގައި މިޔަރެއް ހަމަލާދިން 16 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

އެ ގައުމުގެ ފުލުހުން ބުނެފައިވާ ގޮތުން މިޔަރު އެ ކުއްޖާއަށް ހަމަލާދިނީ ސްވާން ކޯރެއްގައި ކަމަށެވެ. އެ ކުއްޖާ އެ ކޯރަށް އެރުނީ ކޯމަސް އައިނެއް ފެނިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިޔަރު ހަމަލާދިނުމާއެކު ފުލުހުން އެ ކުއްޖާ ކޯރުން ނަގައި ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް އިތުރު ފަރުވާއަށް ހޮސްޕިޓަލަކަށް ގެންދެވުމުގެ ކުރިން ކޯރުގެ އައްސޭރީގައި އެ ކުއްޖާ މަރުވި އެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ބަނީ ބުނެފަ އެވެ.

އެ ކުއްޖާއަށް ހަމަލާ ދިނީ ކޮން ކަހަލަ މިޔަރެއް ކަމެއް މިހާތަނަށް އެނގިފައި ނެތް ނަމަވެސް އެ ސަރަހައްދުގެ މީހުން ވަނީ އެއީ ބުލް ޝާކެއް ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.

ސަބަބަކީ އެ ބާވަތުގެ މިޔަރެއް ހަމަ އެ ކޯރުން 2021 ވަނަ އަހަރު 50 އަހަރުގެ މީހަކަށް ވެސް ހަމަލާދިނުމެވެ.

ބުލް ޝާކަކީ މޫދުގެ ތިލަ ފަށާއި ކޯރުތަކުގައި އުޅޭ ބާވަތެކެވެ. އެންމެ ނުރައްކާތެރި އެއް ބާވަތުގެ މި މިޔަރު މައިގަނޑު ގޮތެއްގައި ކެއުމަށް ބޭނުން މަހުގެ ބާވަތްތަކެވެ. ނަމަވެސް ކޯމަހާއި ވެލާގެ ބާވަތްތައް ޝިކާރަކުރެ އެވެ.