Advertisement

ސިފައިންގެ ފްލެޓްތައް ކުއްޔަށްދޭތީ އެކަން ނުކުރަން އަންގައިފި

28 އޭޕްރީލް 2024 - 15:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސިފައިންގެ ފްލެޓްތައް ކުއްޔަށްދޭތީ އެކަން ނުކުރަން އަންގައިފި

28 އޭޕްރީލް 2024 - 15:32 0

ސިފްކޯ ހިޔާ ފްލެޓްތައް ކުއްޔަށްދޭތީ އެކަން ނުކުރަން ސިފްކޯއިން އަންގައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ހުސެއިން ރަޝީދު "އަދަދު" އަށް ވިދާޅުވީ ސިފްކޯ ހިޔާގެ ފްލެޓްތައް ކުއްޔަށްދޭކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ފްލެޓްތައް ކުއްޔަށް ނުދިނުމަށް ސިފްކޯއިން އަންގާފައިވާ ކަމަށެވެ.

އެ ފްލެޓްތައް ކުއްޔަށް ދޭ ފަރާތްތަކާމެދު ހެދިފައި އޮތް އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ހުސެއިން ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

ސިފައިންގެ ފްލެޓްތަކުގެ އިތުރުން ފުލުހުން އަދި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ދޫކޮށްފައިވާ ފްލެޓްތައް ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ފްލެޓްތައް ކުއްޔަށްދޭ މައްސަލައަކީ ބޮޑު މައްސަލައެކެވެ.

ސިފްކޯ ހިޔާގެ ފްލެޓްތައް ހަދަން ފެށިތާ 10 އަހަރު ފަހުން މަޝްރޫއު އެއްކޮށް ނިންމައި ފްލެޓުތަކުގެ ތަޅުދަނޑި ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރެވެ. އެ ފްލެޓުތަކުގެ ތިން ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 330 ހައުސިން ޔުނިޓެވެ. އެއިން ކޮންމެ ޔުނިޓެއްގައި 1،100 އަކަފޫޓުގެ ޖާގަ ހުރެ އެވެ.