ބޭންކް އޮފް ސިންގަޕޫރުން ނާޖާއިޒު ފައިދާ ނެގި މުވައްޒަފުންތަކެއް ވަކިކޮށްފި

27 އޭޕްރީލް 2024 - 02:09 1

ލީވާން އަލީ ނާސިރު

ލ


ބޭންކް އޮފް ސިންގަޕޫރުން ނާޖާއިޒު ފައިދާ ނެގި މުވައްޒަފުންތަކެއް ވަކިކޮށްފި

27 އޭޕްރީލް 2024 - 02:09 1

ބޭންކް އޮފް ސިންގަޕޫރުން ނާޖާއިޒު ފައިދާ ނެގި މުވައްޒަފުންތަކެއް ވަކިކޮށްފި އެވެ.

އެ ބޭންކުން އެތެރޭގައި ހިންގި ތަހުގީގަކަށް ފަހު މުވައްޒަފުންތަކެއް ވަކިކުރީ މެޑިކަލް ބެނިފިޓު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްފައިވާކަން އެނގިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ މައްސަލައާ ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވަކިކޮށްފަ އެވެ.

މައްސަލައާ ގުޅިގެން ނާޖާއިޒު ގޮތުގައި ހޯދި ފައިސާ އަނބުރާ ދެއްކުމަށް ވެސް އެ މުވައްޒަފުންނަށް އަންގާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބޭންކް އޮފް ސިންގަޕޫރުން މެޑިކަލް ސްކީމުގެ ދަށުން 10،500 ޑޮލަރުގެ ބޭސްފަރުވާ ކުރެވޭއިރު، އޭގެ ތެރޭގައި ގިނަ ހިދުމަތްތަކެއް ހިމެނެ އެވެ.

އެ ސްކީމުގެ ދަށުން ނާޖާއިޒް ފައިދާތައް ނަގާކަމުގެ މައްސަލަ ފެންމަތިވެ އެ މައްސަލަ ތަހުގީގު ކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ސައިޚް

11 months ago

މިރާއްޖޭގަ ނަމަ މިމީހުނަށް ލިބޭނީ ޕްރޮމޯސަން، ވަޒީފާގެ ކުރިއެރުން،