Advertisement

ޗައިނާގެ ގްރޫޕަކުން ސިންގަޕޫރަށް ވަރުގަދަ ސައިބާ ހަމަލާތަކެއް ދީފި

20 ޖުލައި 2025 - 10:13 0


ޗައިނާގެ ގްރޫޕަކުން ސިންގަޕޫރަށް ވަރުގަދަ ސައިބާ ހަމަލާތަކެއް ދީފި

20 ޖުލައި 2025 - 10:13 0

ޗައިނާއަށް ނިސްބަތްވާ ކަމަށް ބެލެވޭ ހެކަރުންގެ ގްރޫޕަކުން ސިންގަޕޫރަށް ވަރުގަދަ ސައިބާ ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާތައް ދީފައިވަނީ "UNC3886" ނަމަކަށް ކިޔާ ގްރޫޕަކުން ކަމަށް ސިންގަޕޫރުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް އެމެރިކާ އަދި އޭޝިއާގެ ބައެއް ގައުމުތަކަށް މި ގްރޫޕުން ހަމަލާ ދީފައި ވެ އެވެ.

އެ މީހުންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކަރަންޓާއި ފެން ފަދަ މުހިންމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށެވެ. މި ހަމަލާތަކާ ގުޅޭ ތަފްސީލެއް މިހާތަނަށް ސިންގަޕޫރުގެ ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ.

އޭގެ އިތުރުން، ޑިފެންސާއި، ޓެކްނޮލޮޖީ އަދި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ވެސް މި ހަމަލާ ވަނީ އަމާޒުވެފަ އެވެ.

މިފަދަ ހަމަލާއެއް ސަރުކާރު ފަހަތުގައި އޮވެގެން ދީފައި ނުވާނެ ކަމަށް ތަކުރާރުކޮށް ބެއިޖިންއިން ބުނެ އެވެ.

މިދިޔަ ހަފްތާގައި ޗައިނާ އިން ވާގިވެރިވާ ގްރޫޕަކުން ވަނީ ޓައިވާންގެ ސެމީކޮންޑަކްޓާ އަދި އިންވެސްޓްމަންޓު އެނަލިސްޓުންނަށް ޓާގެޓުކޮށް ސައިބާ ހަމަލާއެއް ދީފަ އެވެ.