6 އޮގަސްޓު 2025 - 08:47 0
ލީވާން އަލީ ނާސިރު
6 އޮގަސްޓު 2025 - 08:47 0
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރަށްފަހު ރައީސް މުހައްމަދު މުއިއްޒު ރޭ ރާއްޖެ ވަޑައިގެންފި އެވެ.
ނުރަސްމީ ދަތުރުފުޅެއްގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި 31، ގަ އެވެ.
މުއިއްޒު އާއި ސާޖިދާ ސިންގަޕޫރަށް ވަޑައިގަތް ދަތުރުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
އެންމެ ފަހުން ސާޖިދާ އާއި މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ، އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް، ޖޫން 29، އިން ޖުލައި 2، އަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވައި އެންމެ ފުރަތަމަ ވެސް ވަޑައިގަތީ ސިންގަޕޫރަށެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް މުއިއްޒު ސިންގަޕޫރަށް ނުރަސްމީ ގިނަ ދަތުރުތަކެއް ކުރައްވާފައިވެ އެވެ. ނަމަވެސް އެ ދަތުރުތަކުގެ ބޭނުމެއް ހާމައެއް ނުކުރެ އެވެ.
Comment