Advertisement

އޭޝިއާ އެކުއަޓިކްސް ބިއުރޯ އަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު

26 އޭޕްރީލް 2024 - 19:02 0

އަތޫފް އާތިފް

އަތޫފް އާތިފް


އޭޝިއާ އެކުއަޓިކްސް ބިއުރޯ އަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު

26 އޭޕްރީލް 2024 - 19:02 0

އޭޝިއާ އެކުއަޓިކްސް ބިއުރޯ އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިހާބުކޮށްފި އެވެ.

މިއީ ރާއްޖޭގެ ފަރާތެއް އޭޝިއާ އެކުއަޓިކްސް ބިއުރޯ އަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ. އޭޝިއާ އެކުއަޓިކްސް ބިއުރޯގައި 10 މެމްބަރުން ތިބެ އެވެ. ސައްތާރު މަގާމަށް އިންތިހާބުވީ ކުރިމަތިލެއްވި 19 މެމްބަރުންނާ ވާދަކޮށެވެ.

އޮލިމްޕިކް ކޮމެޓީގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ސައްތާރު ވަނީ ދާދި ފަހުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޯގަނައިޒިން ކޮމެޓީ ނައިބަކަށްވެސް އިންތިހާބުވެވަޑައިގެންފަ އެވެ. މިއީ، ސައްތާރު މި މަގާމަށް އިންތިހާބުވި ދެ ވަނަ ފަހަރުވެސްމެ އެވެ.

ސްވިމިންގް އެސޯސިއޭޝަނުން ވަނީ ސައްތާރު އޭޝިއާ އެކުއަޓިކްސް ބިއުރޯ އަށް އިންތިހާބުވުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ. އަދި އެ އެސޯސިއޭޝަނުން ވަނީ ސައްތާރު މި އިސް މަގާމަށް އިންތިހާބުވުމާ އެކު, ސްވިމިންގް އެތުލީޓުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެކަން ހާމަކޮށްފަ އެވެ.

މިއީ، ރާއްޖޭގެ ސްވިމިންގް އަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ސައްތާރު އަންނަނީ، ރާއްޖޭގެ ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރިހަމަ ކުރައްވަމުންނެވެ.