Advertisement

ގައުމީ ޝޯޓް ކޯސް ސްވިމިން ޗެމްޕިއަންކަން އަޔާނާ އާއި ދާއިން އަށް

22 ޖޫން 2025 - 12:41 0


ގައުމީ ޝޯޓް ކޯސް ސްވިމިން ޗެމްޕިއަންކަން އަޔާނާ އާއި ދާއިން އަށް

22 ޖޫން 2025 - 12:41 0

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ ފުރަތަމަ ގައުމީ ޝޯޓް ކޯސް ސްވިމިން ޗެމްޕިއަންކަން، އަޔާނާ އަރީފް އާއި ދާއިން އަހުމަދު ޝަގީފް ހޯދައިފި އެވެ.

އެ ގޮތުން، އޯޕަން ފިރިހެން ބައިގެ ޗެމްޕިއަންކަން ދާއިން ހޯދީ ދެ ވަނަ އަށް ދިޔަ ލޫތު މުހައްމަދު ހުސެއިން އާއި މުބާލް އައްޒާމް އިބްރާހިމްގެ އިތުރުން ތިން ވަނަ ހޯދި އަލީ އިމްއާން އަށް ވުރެ ކުރިހޯދައިގެންނެވެ. ދާދި ފަހުން، ނިމުނު، އޯޕަން ވޯޓާ ސްވިމިން މުބާރާތުގެ އަންހެން އެއް ވަނަ ހޯދި އަޔާނާ، ޝޯޓް ކޯސްގެ އެއް ވަނަ އަންހެން ފެތުންތެރިއަކަށް ހޮވުނީ، ދެ ވަަނަ އަށް ދިޔަ ލައިލީ އަހުމަދު ނަވާޒް އާއި އައިޝަތު އަލީނާ ޝާހިދު އަދި ތިން ވަނަ ހޯދި ލައިބާ ހަަސަން މަނިކްއާ ވާދަކޮށެވެ.

ޖޫނިއާ ފިރިހެން އެއް ވަނަ މަގާމު އަލްޔާން ޝިފާން ހޯދިއިރު، ދެ ވަނަ ދިޔައީ ދާނިއަލް އަމީން ފައިސަލް އެވެ. އަދި ތިން ވަނަ ހޯދީ އަލްފީ ސަމާހު ހަލީމް އެވެ. ޖޫނިއާ އަންހެން އެއް ވަނަ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) ހޯދިއިރު، ދެ ވަނަ ދިޔައީ މަރިޔަމް އައިރާ ޝިރްނީލް އެވެ. އަދި ތިން ވަނަ ހޯދީ މަލައިކާ ލިންޑާ އިމްރާން އެވެ.

އީއޭޑީ ކެޓަގަރީ އަށް ބަލާއިރު، ފިރިހެން ބައިން އެއް ވަނަ އަށް މޫސާ ޖާއިޝް ސަނާއުﷲ ޝަކީބް ހޯދިއިރު، ދެ ވަނަ ދިޔައީ އަލީ އަކްމަލް އަބްދުﷲ ޖައުފަރު އެވެ. އަދި ތިން ވަނަ އަށް ދިޔައީ މުހައްމަދު ޝުޖާއު އިސްމާއިލް އެވެ. އީއޭޑީ ކެޓަގަރީގެ އަންހެން ބައިން އެއް ވަނަ ހޯދީ ހައްވާ ލީން އެވެ. ދެ ވަނަ އަށް، މަރިޔަމް ޒިވާ ޒާހިދު އާއި މެރާލް ހަސަން ކަލީމް ދިޔައިރު، ތިން ވަނަ އަށް ދިޔައީ، ޒާނާ އަލީ ޝަރީފް އެވެ.

ފިރިހެން ބައިން އެންމެ މޮޅު ޓީމަކަށް ސްޕޯޓްސް ނޭޗާ ހޮވުނުއިރު، ދެ ވަނަ އަށް ނިއު ލެގޫން ސްވިމިން ކްލަބް ދިޔައިރު، ތިން ވަނަ ހާސިލްކުރީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އެވެ. އަންހެން އެއް ވަަނަ ޓީމަކަށް އެމްއެލްއޭ ހޮވުނުއިރު، ދެ ވަނަ އަށް ސްޕޯޓްސް ނޭޗާ އަދި ތިން ވަނަ ހޯދީ މޫދު މާލިމީ އެވެ.