Advertisement

މޯލްޑިވިއަންއިން އޮކްޓޫބަރުގައި އައްޑޫ އާއި ކޫއްޑޫއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ފަށަނީީ

4 އޭޕްރީލް 2024 - 20:21 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މޯލްޑިވިއަންގެ ފްލީޓަށް ފަހުން އިތުރުކުރި އޭޓީއާރު މަރުކާގެ ދެ ބޯޓު: އައްޑޫ އާއި ކޫއްޑޫ ގުޅާލަނީ ސައުތު ކަނެކްޓިވިޓީ ސާވިސްގެ ދަށުން -- ފޮޓޯ: އަަދަދު


މޯލްޑިވިއަންއިން އޮކްޓޫބަރުގައި އައްޑޫ އާއި ކޫއްޑޫއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ފަށަނީީ

4 އޭޕްރީލް 2024 - 20:21 1

ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ގދ. ކޫއްޑޫއަށް ވައިގެ ސީދާ ދަތުރުތައް އަންނަ އޮކްޓޫބަރު 29، ގައި ފަށަން މޯލްޑިވިއަނުން ނިންމައިފި އެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫ ސިޓީން ކޫއްޑު އެއާޕޯޓަށް ހަފުތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ.

އެގޮތުން އައްޑޫއިން ކޫއްޑޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހުގެ މެންދުރު 11:55 ގަ އެވެ. ކޫއްޑޫއިން އައްޑޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:30 ގަ އެވެ.

މިއަދުން ފެށިގެން އެ ފްލައިޓުތަކުގެ ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

އައްޑޫ އާއި ކޫއްޑޫއާ ދެމެދު ދަތުރުތައް ފެށުމަކީ ދިވެހީންގެ އިތުރުން ފަތުރުވެރިންނަށް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަތުރު ކުރުމުގައި ލުއި ފަސޭހަކަން ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ދަތުރުތަކާއެކު ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ހުވަދުއަތޮޅަށް ދަތުރުތައް ކުރެވޭނެ މަގުފަހިވެގެން ދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ގދ. އަދި ގއ. އަތޮޅު ހިމެނޭހެން 2100 އެއްހައި ގެސްޓުހައުސްއާއި ރިސޯޓު ހިންގަ އެވެ. އައްޑޫއާއި ހުވަދޫ ވައިގެ މަގުން ގުޅުމާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން އިމްޕޯޓު އެކްސްޕޯޓު ވިިޔަފާރިތައް ވެސް ފުޅާވެގެން ދާނެ ކަމަށް މޯލްޑިވިއަނުން އަންދާޒާ ކުރެ އެވެ.