Advertisement

އައްޑޫގައި ކާރެއް ފުރޮޅާލައި އެކަކަށް ސީރިއަސް އަނިޔާތަކެއް

about 2 hours 0

ހިތަދޫގައި އެކްސިޑެންޓުވީ ކާރު: ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި --- ފޮޓޯ: ހަސަން ކުރުސީ/އެކްސް


އައްޑޫގައި ކާރެއް ފުރޮޅާލައި އެކަކަށް ސީރިއަސް އަނިޔާތަކެއް

about 2 hours 0

އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ހިތަދޫގައި ހިނގި ކާރު އެކްސިޑެންޓެއްގެ މައުލޫމާތު ހަވީރު 16:50 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކާރު ތެރޭގައި ތިބި ހަތަރު މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އެންމެނަށް ފަރުވާ ދެމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވާ ސަބަބެއް ފުލުހުން ނުބުނެ އެވެ. އެކަމަކު ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ ވަރަށް ބާރަށް ދުއްވާފައި ދަނިކޮށް ކާރު ފުރޮޅާލީ ކަމަށެވެ.

މި އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރަށް ވަރަށް ބޯޑެތި ގެއްލުންތަކެއް ލިބިފައި ހުއްޓެވެ. ކާރުގެ ފުރާޅުތައް ހުރީ ވަރަށް ބޮޑަށް ބަނޑިވެ، ބިއްލޫރިތައް ފުނޑުފުނޑުވެފަ އެވެ. ކާރަށް ލިބިފައި ހުރި ގެއްލުންތަކުން ކާރު ފުރޮޅާލީ ކަމަށް ގަބޫލުކުރެވެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މީގެ ކުރިން ވެސް ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވެ އެވެ. މިހެން ހިނގި އެންމެ ނުރައްކާތެރި ހާދިސާތަކުގައި ގެއްލުނު ފުރާނަތައް ވެސް މަދެއް ނޫނެވެ.