Advertisement

ޖަރުމަނަށް 20،000 އެތް ފޮނުވާނެކަމުގެ އިންޒާރު ބޮސްވާނާއިން ދީފި

4 އޭޕްރީލް 2024 - 15:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބޮޓްސްވާނާގައި އެތްތަކެއް: ޖަރުމަނަށް 20،000 އެތް ފޮނުވާނެ ކަމުގެ އިންޒާރު ބޮޓްސްވާނާއިން ވަނީ ދީފައި -- ފޮޓޯ: ގެޓީ


ޖަރުމަނަށް 20،000 އެތް ފޮނުވާނެކަމުގެ އިންޒާރު ބޮސްވާނާއިން ދީފި

4 އޭޕްރީލް 2024 - 15:08 0

ޖަނަވާރުތަކުގެ އާބާދީ ބޮޑުވެގެން އުޅޭ ބޮސްވާނާއިން ޖަރުމަނަށް 20،000 އެތް ފޮނުވާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް މޮގްވީޓްސީ މަސީސީ ދެއްވައިފި އެވެ.

މަސީސީ ޖަރުމަނަށް އިންޒާރު ދެއްވީ އެ ގައުމުގެ އެންވަޔަރަމަންޓް މިނިސްޓްރީން ޝިކާރަކުރާ ޖަނަވާރުތަކާއި އޭގެ ބައިތައް އެތެރެ ކުރުން މަނާ ކުރަން ޖަރުމަނުން މަސައްކަތް ކުރަމުންދިޔުމާ ގުޅިގެންނެވެ.

"ބޮސްވާނާގެ އެތެރޭގައި ހިނގާ ކަންތައްތަކާ ގުޅޭގޮތުން ބާލިންގައި ހުރެގެން ވާހަކަ ދައްކަން ވަރަށް ފަސޭހަ ވެދާނެ. ޖަރުމަނުން އެބަ ޖެހޭ ޖަނަވާރުތަކާ އެކު ވެސް އުޅެން ދަސް ކުރަން" މަސީސީ ވިދާޅުވި އެވެ.

މީގެ އިތުރުން ބޮސްވާނާގެ މި ހުށަހެޅުމަށް ޖަރުމަނުން ނޫނެކޭ ބުނުން ބަލައި ނުގަންނާނެ ކަމަށް މަސާސީ ވިދާޅުވި އެވެ.

ބޮޓްސްވާނާގެ އެތުގެ އާބާދީ 130،000 އަށް އިތުރުވެފައިވާއިރު، އެ ގައުމުން ވަނީ 8،000 އެތް އެންގޯލާ އަދި 500 އެތް މޮޒެމްބީކަށް ހަދިޔާކުރަން ހުށަހަޅާފަ އެވެ.

ބޮޓްސްވާނާގައި އެތުގެ އާބާދީ އިތުރު ކުރުމަށް ޝިކާރާކުރުން 2014 ގައި ވަނީ މަނާ ކުރި އެވެ. ނަމަވެސް 2019 ވަނީ ހުއްދަ އަލުން ދީ، ކޯޓާގެ ދަށުން ޝިކާރާ ކުރަން ހުއްދަ ދީފައިވެ އެވެ.