Advertisement

ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް ހިމެނޭ ވަފުދެއް ރާއްޖޭގައި

12 އޮގަސްޓު 2025 - 17:37 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މި ވަފްދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި. އޭގެ ތެރޭގައި ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ހިމެނޭ --- ފޮޓޯ: މަޖިލިސް އިދާރާ


ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް ހިމެނޭ ވަފުދެއް ރާއްޖޭގައި

12 އޮގަސްޓު 2025 - 17:37 0

ޔޫރަޕާއި ދެކުނު އޭޝިއާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އިސް ބައެއް ލީޑަރުންނާއި މަދަނީ ޖަމިއްޔާތަކުގެ އިސްވެރިން ހިމެނޭހެން ފްރީޑްރިކް ނޫމަން ފައުންޑޭޝަންގެ ވަފުދެއް ރާއްޖެއަށް ވަޑައިގެންފި އެވެ.

ދެ ދުވަހުގެ މި ދަތުރަކީ އެ ފައުންޑޭޝަންގެ ދެކުނު އޭޝިއާ އޮފީހުން އިންތިޒާމުކުރި ދަތުރެކެވެ. މި ވަފުދުގެ ބޭފުޅުން ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން އަދި އިންޑިއާއަށް ވެސް ވަޑައިގަންނަވާނެ އެވެ.

މި ވަފުދުގައި ގިނައިން ހިމެނެނީ ޖަރުމަނަށް ނިސްބަތްވާ ބޭފުޅުންނެވެ. އެގޮތުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ބުންޑެސްޓަގްގެ ޑިފެންސް ކޮމިޓީގެ ޗެއާޕާސަން ޑރ. މާކަސް ފެބާ އާއި އެ މަޖިލީހުގެ މެންބަރެއް ކަމަށްވާ ސެންޑްރާ ވީސާ ހިމެނެ އެވެ.

މިއަދު އެ ބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްއާ ބައްދަލުކުރައްވާފަ އެވެ. އަދި، މިއަދުގެ މަޖިލިސް ޖަލްސާ ވެސް އެ ވަފްދުގެ ބޭފުޅުން ބައްލަވާލެއްވި އެވެ.

މި ބޭފުޅުންގެ އިތުރުން އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި މާލޭގޭ މޭޔަރު އާދަމް އާޒިމްއާ ވެސް ފްރީޑްރިކް ނޫމަން ފައުންޑޭޝަންގެ ވަފުދުން ބައްދަލުކުރާނެ އެވެ.