Advertisement

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

3 އޭޕްރީލް 2024 - 09:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އައުން -- ފޮޓޯ: އެކްސް


ޓައިވާނަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

3 އޭޕްރީލް 2024 - 09:39 0

ޓައިވާނަށް އައި ބާރުގަދަ ބިންހެލުމާއެކު، އެ ގައުމާއި ޖަޕާން އަދި ފިލިޕިންސްއަަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

ޖަޕާނުގެ މީޓްރޮލޮޖިކަލް އެޖެންސީން ބުނީ މި ބިން ހެލުން އައިސްފައި ވަނީ 7.7 މެގްނިޓިއުޑް ބާރުމިނުގައި ކަމަށާއި، ސުނާމީގެ ރާޅުތަކުގައި 9.8 ފޫޓް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބިންހެލުމުގެ އަސަރު މުޅި ޓައިވާނަށް ކޮށްފައިވާއިރު، ބައެއް ގެތައް ވަނީ ބިމާ ހަމަވެފަ އެވެ. އަދި އެކި ސަރަހައްދުތަކުގައި ބިންގަނޑު ވެސް ވަނީ ކަނޑައިގެން ގޮސްފަ އެވެ.

މިހާތަނަށް ބިންހެލުމުގައި ބައެއް މީހުން މަރުވި ކަމަށް ރިޕޯޓް ލިބިފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

ބިންހެލުން އައުމުގެ ކުރިން އިންޒާރު ދޭ ސިސްޓަމެއް ޓައިވާނުގައި ހުންނައިރު، ނުރައްކަލެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދުރާލާ އެ ސިސްޓަމަށް ދެވިފައި ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓައިވާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ބިންހެލުން އައިތާ 15 މިނެޓު ފަހުން އިތުރު ލޮޅުންތައް އަންނަން ފެށި ކަމަށާއި، ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހު ލޮޅުންތައް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޓައިވާނަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 1999 އަހަރު އެވެ. އެފަހަރު 7.4 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގައި އެ ގައުމުން 2،400 މީހުން މަރުވި އެވެ.