Advertisement

ރަޝިއާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފި

30 ޖުލައި 2025 - 08:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާ ކައިރިއަށް އައި ބިންހެލުމާ ގުޅިގެން ރަޝިއާގައި ހުރި އިމާރާތަކަށް ގެއްލުންވެފައި -- ފޮޓޯ: އާރްޓީ


ރަޝިއާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފި

30 ޖުލައި 2025 - 08:40 0

ރަޝިއާގެ ކަމްޗަޓްކާ ސަރަހައްދަށް މިއަދު ހެނދުނު އައި 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފި އެވެ.

ކަމްޗަޓްކާ ސަރަހައްދަށް 13 ފޫޓުގެ ރާޅު އަރާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ރަޝިއާގެ އިދާރާތަކުން ވަނީ ނެރެފަ އެވެ.

ރަޝިއާގެ އިތުރުން ސުނާމީގެ އިންޒާރު ނެރެފައި ވަނީ ޖަޕާން، އެމެރިކާ، ފިލިޕިންސް، އިންޑޮނީޝިއާ، އިކުއެޑޯ، ކޮސްޓަ ރިކާއަށެވެ.

އެމެރިކާގެ މޫސުމާބެހޭ ގައުމީ އިދާރާއިން ސުނާމީ އަރާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފައި ވަނީ ހަވާއީ، އަލަސްކާގެ އަލެއުޓިއަން އައިލެންޑްސް، ކެލިފޯނިއާ، ލޮސް އެންޖެލަސް އަދި އޮރެގަންއަށެވެ.

ސުނާމީގެ އިންޒާރާ ގުޅިގެން, ހަވާއީގައި މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ވަނީ އަންގައިފަ އެވެ.

ޖަޕާނުގެ އިދާރާތަކުން ލަފާކުރާ ގޮތުގައި 9.8 ފޫޓު އުސްމިނުގެ ރާޅުތައް އަރާނެ ކަމަށެވެ. އެހެން އެ ގައުމުގައި ވެސް ސުނާމީގެ އިންޒާރުތައް ނެރެފައި ހުރި ސަރަހައްދުތަކުގައި ތިބި މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އިދާރާތަކުން ވަނީ އަންގާފަ އެވެ.