23 ޑިސެންބަރު 2024 - 11:16 0
ލީވާން އަލީ ނާސިރު
ރާއްޖެއަށް 2004 ގައި ސުނާމީ އެރުން: ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް "ވިލުންތެރި 20" ގެ ނަމުގައި ހާއްސަ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި
23 ޑިސެންބަރު 2024 - 11:16 0
ރާއްޖެއަށް 2004 ގައި އެރި ސުނާމީ ކާރިސާއާ ގުޅިގެން ފާހަގަ ކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް "ވިލުންތެރި 20" ގެ ނަމުގައި ހާއްސަ މައުރަޒެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބާއްވާ އެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 26، އިން ފެށިގެން 29 ގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގަ އެވެ.
އެ މައުރަޒު އިންތިޒާމު ކުރުމުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރުއާރު) އާއި ކާރިސީ ހިރާސް ކުޑަ ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން މުއައްސާތައް ބައިވެރިވެ އެވެ.
އެންޑީއެމްއޭއިން ބުނީ އެ މައުރަޒުގެ މަގްސަދަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި އިޖާބަދިން އެންމެހައި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ދަނޑިވަޅުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާ އާ ކުރުން ކަމަށެވެ.
އޭގެއިތުރުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާތަނަށް ހާސިލުކުރެވިފައިވާ ކުރިއެރުންތައް ދެއްކުމާއެކު، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ހާލަތްތަކުގައި ގައުމިއްޔަތު އިސްކޮށް، އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބުމަށް ހިތްވަރުދިނުމަކީ މައުރަޒުގެ މަގްސަދެއް ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
"މި މައުރަޒުގައި ސުނާމީ ކާރިސާއިން ފެށިގެން މިއަދާ ހަމައަށް ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވުނު މަސައްކަތްތަކާއި، ގައުމު އަލުން އާރާސްތު ކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލެވޭނެ. އަދި ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށާއި ކާރިސީ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލެވޭނެ،" ޑިޒާސްޓާއިން ބުންޏެވެ.
އާންމުންނަށް ހުޅުވާލެވިގެން ގައުމީ ފެންވަރުގައި ބާއްވާ އެ ހަރަކާތަކީ ދިވެހިރާއްޖޭގެ އެއްބައިވަންތަކަމާއި ވިލުންތެރިކަން އާލާކޮށް، ކުރިމަގަށް ތައްޔާރުވުމުގެ މުހިންމު ފިޔަވަޅެއް ކަމަށް އެންޑީއެމްއޭއިން ފާހަގަ ކުރި އެވެ.
އެންޑީއެމްއޭއިން ބުނީ އެ މައުރަޒަކީ ސުނާމީ ކާރިސާގައި ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން ފާހަގަކޮށް، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ހިތާމަވެރި ހާލަތެއް ގައުމަށް ކުރިމަތިވެއްޖެނަމަ، ގައުމިއްޔަތު އިސްކޮށް، ދިވެހީންނަކީ ބަދަހި ބައެއްގެ ގޮތުގައި ތިބުމަށް ހިތްވަރުދިނުމަށްޓަކައި ބޭއްވޭ މުހިންމު ހަރަކާތެއް ކަމަށެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment