Advertisement

ޖަރުމަނުގައި ހިނގި ބަސް އެކްސިޑެންޓެއްގައި ފަސް މީހަކު މަރުވެއްޖެ

28 މާރިޗު 2024 - 08:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޖަރުމަނުގައި ހިނގި ބަސް އެކްސިޑެންޓް: ފަސް މީހަކު ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް


ޖަރުމަނުގައި ހިނގި ބަސް އެކްސިޑެންޓެއްގައި ފަސް މީހަކު މަރުވެއްޖެ

28 މާރިޗު 2024 - 08:15 0

ޖަރުމަނުގެ ބާލިންއިން ސްވިޒަލޭންޑަށް ދަތުރުކުރި "ފްލިކްސް" ގެ ބޮޑު ބަހެއް އެކްސިޑެންޓުވެ، ފަސް މީހަކު މަރުވެއްޖެ އެވެ.

ލައިޕްޒިގް ސިޓީގެ ހައިވޭއަކުން ދަތުރުކުރަމުންދިޔަ މި ބަސް އެކްސިޑެންޓުވީ މިސްރާބު ބަދަލުވެ ފޮރޮޅާލައިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖުމްލަ 53 ފަސިންޖަރުންނާއި، ދެ ޑްރައިވަރުންނާއެކު ދަތުރުކުރަމުންދިޔަ ބަސް އެކްސިޑެންޓުވެ 20 މީހުން ޒަހަމްވެސްވި އެވެ.

މި އެކްސިޑެންޓުގައި އެހެން ވެހިކަލެއްގައި ބަސް ޖެހިފައި ނުވެ އެވެ. އަދި ބަސް ފުރޮޅާލައިގެން ގޮސް އޮތީ ލޭނުން ބޭރުގަ އެވެ.

ޖަރުމަނުގައި 2019 ވަނަ އަހަރު ފްލިކްސްގެ ބަހެއް އެކްސިޑެންވެ ހިނގި ހާދިސާގައި 40 މީހުން ޒަހަމްވެ، އެކަކު މަރުވި އެވެ.