Advertisement

އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއަށް ބަދަލުވި މައްސަލަ އޭސީސީން ބަލަން ޖެހޭ: ވަހީދު

23 މާރިޗު 2024 - 11:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީއެންސީއަށް ބަދަލުވި އެމްޑީޕީގެ މެމްބަރު، ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމްއާއެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އަދަދު


އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއަށް ބަދަލުވި މައްސަލަ އޭސީސީން ބަލަން ޖެހޭ: ވަހީދު

23 މާރިޗު 2024 - 11:48 0

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ 13 މެމްބަރަކު، ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވީ "ސިއްރު މަގުސަދެއްގައި" ކަމަށާއި އެފަދަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ޖެހޭނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

މި ރޯދަ މަހު އަދަދު ނޫހުން ގެނެސްދޭ "ކުޅިކޮށް" ސީރީޒްގެ ރޭގެ އެޕިސޯޑުގައި، ދަ ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ވަހީދު ވިދާޅުވީ މެމްބަރުން ގަބޫލުކޮށްގެން ތިބި ސިޔާސީ ފިކުރާއި، ޕާޓީ ރަމުޒުވާ ވިސްނުމާއި، ފަލްސަފާ ވިއްސަކަށް އަހަރަށް ފަހު، "ސިއްރު މަގުސަދުތަކެއް އެކުނުލެވޭނެ ނަމަ ކުއްލިއަކަށް ބަދަލު ނުވާނެ" ކަމަށެވެ.

"އެއްވެސް މީހަކު އެއްބަހެއް ނުވާނެ ތިމަންނަ ރިޝްވަތަށޭ މި ބަދަލުވީކީ. ތިމަންނަގެ އަނބިމީހާ އަށް ވަޒީފާއެއް ދީގެންނޭ ތިމަންނަ ބަދަލުވީކީއެއް، ތިމަންނަގެ ދޯންޏެއް ބަންނަން ފަށައިގެން އެކަން ކޮށްދިނީމަ ބަދަލުވީކީ، އެއްވެސް މީހަކު އެއްބަހެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އޭސީސީއެއް ހުރުމުގެ ބޭނުމަކީ އެފަދަ މައްސަލަތައް ބެލުން ކަމަށް ވަހީދު ވިދާޅުވި އެވެ.

"ދައުލަތުގެ އޮފިޝަލަކު ހިންގާ އަޑި ނޭނގޭ މުއާމަލާތައް ވުރެ ބޮޑު ކޮރަޕްޝަނެއް ދައުލަތުގައި ނުހިނގާނެ. އެ ކަހަލަ އަމަލެއް ހިނގާ ކަމަށް ވަންޏާ ހަގީގަތުގައި ބަޔަކު، އާންމު ރައްޔިތަކު ނުޖެހޭނެ ޝަކުވާ ހުށަހަޅާކަށް ވެސް. އަމިއްލަ އިސް ނެގުމުގައި ވެސް އޭސީސީން ބަލަން ޖެހޭނެ އެކަހަލަ މައްސަލަތައް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީ އަށް ބަދަލުވީ ޑިސެމްބަރު 28، 2023 ގަ އެވެ. އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޑީޕީގެ އިތުރު މެމްބަރުން ވެސް ޕީއެންސީއަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޭރު ވެސް އެ މެމްބަރުން ބަދަލުވީ ފައިސާ ދީގެން ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އެ މައްސަލަ އެއްވެސް މުއައްސަސާއަކުން ތަހުގީގުކުރާކަން ހާމައެއް ނުކުރެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން އަމިއްލަ އިސްނެގުމަށް ވެސް އެ މައްސަލަ ބަލާކަން ހާމަކޮށްފައެއް ނެތެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތުހުމަތު ކުރައްވާ ގޮތުގައި އެ މެމްބަރުން ޕާޓީ ބަދަލުކުރީ ސަރުކާރުގެ ވެރިން ހުށަހެޅި ރިޝްވަތަށެވެ.