އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއަށް ސޮއިކޮށް ރައީސް މުއިއްޒަށް ފޯމު ހަވާލުކޮށްފި

ޕީއެންސީއަށް މިރޭ ސޮއިކުރެއްވި މެމްބަރުންނާއެކު ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ވެރިން. -- ފޮޓޯ: އަދަދު

ޕީއެންސީއަށް މިރޭ ސޮއިކުރެއްވި މެމްބަރުންނާއެކު ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ވެރިން. -- ފޮޓޯ: އަދަދު

އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 13 މެމްބަރަކު މިރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ވެރިކަން ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިއްޖެ އެވެ.

އެ 13 މެމްބަރުން ޕީއެންސީއަށް ސޮއި ކުރުމަށްފަހު ފޯމު ހަވާލު ކުުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށެވެ.

ޕީއެންސީއަށް ސޮއި ކުރެއްވީ:

  1. މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް
  2. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
  3. މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
  4. އިސްދޫ ދާއިރާގެ އަލީ ހަމީދު
  5. ކަނޑިތީމު ދާއިރާގެ އަބްދުﷲ ޝަހީމް އަބްދުލްހަކީމް
  6. ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
  7. މަތިވެރި ދާއިރާގެ ހަސަން ޒަރީރު
  8. މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
  9. ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
  10. މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
  11. ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު (ރާޑޯ)
  12. ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން (ގިޓާ)
  13. ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު

ރައީސް ވިދާޅުވީ އެމަނިކުފާނާއެކު އަދިވެސް އިތުރު އެމްޑީޕީ މެމްބަރުން އެބަ ތިބި ކަމަށެވެ. އަދި ވިދާޅުވީ އުއްމީދަކީ އެބޭފުޅުން ވެސް ޕީއެންސީއާ ގުޅުން ކަމަށެވެ.

Advertisement

"އެކިއެކި ސަބަބުތަކަށްޓަކައި، މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާ ފާޅުގައި ގުޅިވަޑައި ނުގަތަސް، އަޅުގަނޑަށް ޕާސަނަލީ، އަމިއްލަ ހައިސިއްޔަތުން އެނގޭ، ހަމަ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ ތިއްބެވި އެމްޑީޕީ ޕީޖީ ގްރޫޕުގައި މަޑު ކުރައްވައިގެން ތިއްބެވި ބޭފުޅުން ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއެކު ތިބި އެމްޑީޕީގެ މެމްބަރުން އެމަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑާ ދެކޮޅަށް އެ މަސައްކަތް ކުރާ ވޯޓު ނެގުމުގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދޭނެ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ ތިބި. އެކަން އަޅުގަނޑަށް އެނގޭ،" ރައީސް ވިދާޅުވި އެވެ.

މިރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުންނަށް ޝުކުރު އަދާ ކުރައްވަމުން ރައީސް ވިދާޅުވީ އެބޭފުޅުން ހިޔާރު ކުރެއްވީ ގައުމު ކަމަށެވެ.

"އަޅުގަނޑު ޔަގީން ކުރަނީ ތިޔަ ބޭފުޅުން ތިޔަ ނިންމެވި ނިންމެވުމާއެކު ހިތްވަރު ލިބިގެން އަދިވެސް ގިނަ މަޖިލިސް މެމްބަރުން މި ސަފަށް، ގައުމީ ސަފަށް އަރުއްވާނެ ކަމަށް. އެކަމުގެ އުއްމީދުގައި އަޅުގަނޑުމެން ތިބި ވާހަކަ ދަންނަވާލަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox