ހުލާސާކޮށް އިއްޔެ: ސޯލިހުގެ ތުހުމަތެއް ޕީއެންސީއަށް!

ޕީއެންސީއަށް ބަދަލުވި މެމްބަރުންނާއެކު ޕީއެންސީގެ ރައީސް، ރައީސް މުއިއްޒު އާއި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: އަދަދު

ޕީއެންސީއަށް ބަދަލުވި މެމްބަރުންނާއެކު ޕީއެންސީގެ ރައީސް، ރައީސް މުއިއްޒު އާއި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: އަދަދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ 12 މެންބަރަކު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ގެންދިޔައީ ފައިސާ ދީގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތުހުމަތު ކުރެއްވި އެވެ.

އެމްޑީޕީގެ 12 މެންބަރަކާއި އެ ޕާޓީއިން ކުރިން ވަކިވި މެންބަރަކު ޕީއެންސީއަށް ސޮއި ކުރީ ޑިސެމްބަރު 28، ގަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ އަދިވެސް އިތުރު އެމްޑީޕީގެ މެންބަރުން ޕީއެންސީއާ ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޭރު ވެސް އެ މެމްބަރުން ބަދަލުވީ ފައިސާ ދީގެން ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އެ މައްސަލަ އެއްވެސް މުއައްސަސާއަކުން ތަހުގީގުކުރާކަން ހާމައެއް ނުކުރެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން އަމިއްލަ އިސްނެގުމަށް ވެސް އެ މައްސަލަ ބަލާކަން ހާމަކޮށްފައެއް ނެތެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނ. މަނަދޫގައި ކެމްޕެއިން ކުރައްވަމުން ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރަކު ވެރިކަން ހިންގާ ޕާޓީއަށް ގެންދިޔުމުގެ އެއް މަގުސަދަކީ "މަޖިލީހުގެ ބޭނުން ކަނޑުވާލުން" ކަމަށެވެ.

"ގާނޫނުއަސާސީގައި ބޮޑު އެއް ބާރުގެ ގޮތުގައި ކަނޑައަޅާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ބޭނުން ކަނޑާލައި ބާރުތައް އަތް މައްޗަށް ނެގުމަށް ކުރައްވަން ފެއްޓެވި މަސައްކަތް. ފުރަތަމަ ކަމަކަށް ކުރެއްވީ އޭގެ ތެރެއިން ތިޔަ ބޭފުޅުން، އަޅުގަނޑުމެން އެމްޑީޕީގެ ބުރަ މަސައްކަތުން ހޮއްވަވާފައި ތިބި 12 ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ގެންދެވީ،" ސޯލިހު ވިދާޅުވި އެވެ.

"އެކަން ކުރި ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. މިތާ މި ތިއްބެވި ދެ ބޭފުޅުންނަށް ވެސް ފައިސާ ހުށަހެޅި. ފައިސާ ދީގެން 12 މެންބަރަކު އެ ތިބީ ގެންގޮސްފަ. އެއްޗެއް ހިތަށް ވެސް ނާރާ."

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނުތައް ތަސްދީގުނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ގޮންޖައްސަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން އެކަމުން މި ވަގުތު ސަލާމަތްވަމުންދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނުތައް ތަސްދީގުނުކޮށް ގޮންޖައްސަވަމުން ގެންދަވަނީ. އަޅުގަނޑުމެންނަށް އެކަމުން ސަލާމަތްވެވުނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީމަ. [މެޖޯރިޓީ] ނެތް ނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ފާސް ކުރުމަކަށް މި ސަރުކާރުން ބޯލަނބައި، ތަބައެއްނުވާނެ،" ސޯލިހު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox