Advertisement

ކޮވިޑް ވެކްސިންގެ ރެކޯޑު އޮޅުވާލައިގެން ބްރެޒިލްގެ ކުރީގެ ރައީސަށް ދައުވާކޮށްފި

20 މާރިޗު 2024 - 08:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބްރެޒިލްގެ ކުރީގެ ރައީސް ޖެއާ ބޮލްސޮނާރޯ: އޭނާގެ މައްޗަށް ކޮވިޑް ވެކްސިން ރެކޯޑު އޮޅުވާލައިގެން ވަނީ ދައުވާކޮށްފައި -- ފޮޓޯ: ގެޓީ އިމޭޖަސް


ކޮވިޑް ވެކްސިންގެ ރެކޯޑު އޮޅުވާލައިގެން ބްރެޒިލްގެ ކުރީގެ ރައީސަށް ދައުވާކޮށްފި

20 މާރިޗު 2024 - 08:26 0

ކޮވިޑް-19 ވެކްސިންގެ ރެކޯޑު އޮޅުވާލައިގެން ބްރެޒިލްގެ ކުރީގެ ރައީސް ޖެއާ ބޮލްސޮނާރޯ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި އެވެ.

ބްރެޒިލްގެ ކޮމްޕްޓްރޯލާ ޖެނެރަލް އޮފީހުން ކުރިޔަށްގެންދާ ތަހުގީގުގައި މިހާތަނަށް ބޮލްސޮނާރޯގެ ވެކްސިން ރެކޯޑުތައް އޮޅުވާލިކަން ވަނީ ފާހަގަކުރެވިފަ އެވެ.

ބޮލްސޮނާރޯގެ ދައުރުގައި އަސްކަރިއްޔާގެ އިސްވެރިޔަކަށް ހުންނެވި މައުރޯ ސިޑްގެ މައްޗަށް ވެސް ވެކްސިން ރެކޯޑުތައް އޮޅުވާލި ކަމުގެ ތުހުމަތު ކުރެވޭއިރު، މިދިޔަ އަހަރުގެ މެއި މަހު އޭނާ ވަނީ ހައްޔަރު ކޮށްފަ އެވެ.

ބޮލްސޮނާރޯގެ މައްޗަށް ތުހުމަތު ކުރެވެނީ ބްރެޒިލްގެ ސިއްހީ ނިޒާމުގެ ތެރެއަށް ވެކްސިންއާ ގުޅޭ ގޯސް މައުލޫމާތު ދިން ކަމަށެވެ.

ބޮލްސޮނާރޯ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރައްވާފައި ނުވާއިރު، އޭނާ ވިދާޅުވީ މުޅި ދުނިޔެއަށް ވެސް އޭނާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާކަން އެނގޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފަރުވާލެއް ނެތް ކަމަށްވެސް ބޮލްސޮނާރޯގެ ވިދާޅުވި އެވެ.

ބޮލްސޮނާރޯގެ ދައުރުގައި ބްރެޒިލްގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް އަޅާފައެއް ނުވެ އެވެ.

ކޮވިޑު ބަލީގައި އެ ގައުމުން ހަތް ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.