Advertisement

އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރާ ނިޒާމު ޑްރޯންއާއެކު ހަރުދަނާ ކުރަން ޖެހޭ: ހަމީދު

16 މާރިޗު 2024 - 14:44 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރާ ނިޒާމު ޑްރޯންއާއެކު ހަރުދަނާ ކުރަން ޖެހޭ: ހަމީދު

16 މާރިޗު 2024 - 14:44 2

ސިފައިންގެ އަސްކަރިއްޔާއަށް އިތުރު ކުރި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) އާއެކު އިންޓެލިޖެންސް މައުލޫމާތު ދޭ ނިޒާމު ހަރުދަނާ ކުރަން ޖެހޭ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހަމީދު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ގެނައި ޔޫއޭވީތަކާއެކު ގައުމީ ސަލާމަތަށް ލިބުނު ރައްކާތެރި ކަމަށްޓަކައި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ހިންގޭ ޖޮއިންޓު އޮޕަރޭޝަންތަކުގައި މައުލޫމާތު ބަދަލު ކުރެވޭއިރު، މުައްސަސާތައް މެދުގައި ރަނގަޅު ނިޒާމެއް ނޯންނަ ކަމަށާއި އެކަމަށް ރަނގަޅު ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށް ހަމީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޔޫއޭވީގެ ގާބިލުކަން ފުރިހަމައަށް ހިފަން ޖެހޭކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ، ގުޅިގެން މަސައްކަތްކޮށް ގައުމީ ސަލާމަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.

ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް ގެނައި ޔޫއޭވީތައް ރޭ ދައްކާލިއިރު، މި އުޅަނދުތައް އޮޕަރޭޓުކުރާނީ އެމްއެންޑީއެފް އެއާ ކޯ އިންނެ އެވެ.