Advertisement

އަންހެން ފަނޑިޔާރުންގެ އަދަދަށް ބޮޑު ކުރިއެރުމެއް، ފަސް އަހަރުން 11 އިން 28 އަށް!

13 މާރިޗު 2024 - 22:46 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އަންހެން ފަނޑިޔާރުންގެ އަދަދަށް ބޮޑު ކުރިއެރުމެއް، ފަސް އަހަރުން 11 އިން 28 އަށް!

13 މާރިޗު 2024 - 22:46 0

މިދިޔަ އަހަރު ނިމުނު އިރު އޭގެ ކުރީ އަހަރަށް ވުރެ އަންހެން ފަނޑިޔާރުންގެ ނިސްބަތް 3.4 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ފަސް އަހަރު ޖޭއެސްސީން ކުރި މަސައްކަތުން އަންހެން ފަނޑިޔާރުންގެ ނިސްބަތް ވަރަށް ބޮޑު ތަނުން ވަނީ އިތުރުވެފަ އެވެ.

ކޮމިޝަންގެ ރައީސް ހިސާން ހުސައިން، އަހަރީ ރިޕޯޓެއް ދެއްވި ސްޓޭޓްމަންޓުގައި ވެސް ފާހަގަ ކޮށްފައިވާ ގޮތުން މީގެ ފަސް އަހަރު ކުރިން އަންހެން ފަނޑިޔާރުންގެ އަދަދަކީ އެންމެ 11 އެވެ. މިހާރު 28 އަންހެން ފަނޑިޔާރުން އެބަ ތިއްބެވެ.

އޭގެ އިތުރުން އަންހެން ފަނޑިޔާރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކޮށް އެ ގޮންޖެހުންތައް ކުޑަކުރެވޭނެ ގޮތްތަކަކާ މެދު މަޝްވަރާ ކުރުމަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުންގެ މަހާސިންތާއެއް ވެސް މިދިޔަ އަހަރު ޖޭއެސްސީން އިސްވެ ބާއްވާފައިވެ އެވެ.

"މި މަހާސިންތާއިން، އަންހެން ފަނޑިޔާރުންނަށް ދިމާވާ ގޮންޖެހުންތަކާއި އަންހެން ފަނޑިޔާރުންނާއި ފިރިހެން ފަނޑިޔާރުންނާ ދެމެދު އޮންނަ ފަރަގު ކުޑަކުރުމަށާއި މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލައި މަސައްކަތް ފަށައިފަ،" ހިސާން ވިދާޅުވި އެވެ.

އަންހެން ފަނޑިޔާރުންގެ އަދަދު އިތުރުވަމުން އައި ނިސްބަތަށް ބަލާއިރު، 2021، ވަނަ އަހަރު ނިމުނުއިރު ތިބީ 20 އަންހެން ފަނޑިޔާރުންނެވެ. އަދި 2022 ވަނަ އަހަރު 23 އަންހެން ފަނޑިޔާރުން ތިއްބެވެ. މިދިޔަ އަހަރު ނިމުނުއިރު 28 އަންހެން ފަނޑިޔާރުން މަސައްކަތް ކުރެ އެވެ.