about 1 hour 0
މުހައްމަދު ޝަހްޒާން
ހައިކޯޓުން ޖޭއެސްސީއަށް އިންތިހާބުކުރި ފަނޑިޔާރު، ހަސަން ޝަފީއު -- ފޮޓޯ: ހައިކޯޓު
about 1 hour 0
ދިވެހިރާއްޖޭގެ ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސ)ީ އަށް އިންތިހާބުކުރި ފަނޑިޔާރު އެ މަގާމަށް އައްޔަނު ނުކޮށް ހުންނަތާ 44 ދުވަސް ފާއިތުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ 8، ގައި ހައިކޯޓުން ޖޭއެސްސީއަށް އިންތިހާބުކުރީ އެ ކޯޓުގެ ފަނޑިޔާރު، ހަސަން ޝަފީއު އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އޭނާ އެ މަގާމަށް އައްޔަނުކޮށްފަ އެއް ނުވެ އެވެ.
ޖޭއެސްސީގައި ތިއްބަވާ ނުވަ މެންބަރުންގެ ތެރޭގައި ހިމެނެނީ:
ހައިކޯޓުން އިންތިހާބުކުރި ފަނޑިޔާރު ޖޭއެސްސީއަށް އައްޔަނުކޮށްފައި ނުވަނީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެ އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަޔާން ކޮށްފައި އޮންނަނީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގަ އެވެ. އެ މާއްދާގައިވާ ގޮތުގެ މަތީން މެންބަރުން އިންތިހާބު ކުރުމުން އެ މަގާމަށް މީހުން އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
Comment