Advertisement

ސައުދީގެ ރަހަ މީރު މޮޅު ސިއާފާ ކަދުރު ޔޫރޯ ސްޓޯރުން

11 މާރިޗު 2024 - 16:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސައުދީގެ ރަހަ މީރު މޮޅު ސިއާފާ ކަދުރު ޔޫރޯ ސްޓޯރުން

11 މާރިޗު 2024 - 16:40 0

ރޯދަ ވީއްލަން މޮޅު އަދި މީރު ކަދުރެއް ހޯދުމަށް ކޮންމެ މީހަކުވެސްވެ އެވެ. ފެންވަރު ރަނގަޅު، ރަހަ ވެސް މީރު އުފެއްދުންތައް ވިއްކާ، ޔޫރޯ ސްޓޯރުން މި ރޯދަ މަހަށް ސައުދީ އަރަބިއްޔާގެ މަޝްހޫރު ސިއާފާ މަރުކާގެ ކަދުރު ވަނީ ތައާރަފުކޮށްފަ އެވެ.

މައްކާގެ މާތް ބިމުން ކަދުރުގެ ވިޔަފާރި ފެށި މި މަރުކާއާއެކު ހިފެހެއްޓިފައިވާ އިތުބާރަކީ ކަދުރު ރުއްތަކުން ފެށިގެން ފެކްޓްރީގައި ޕެކްކޮށް ޑެލިވަރީކުރުމާ ހަމައަށް ވެސް އެއް ފެންވަރެއްގައި ހިފެހެއްޓުމެވެ. މި މަރުކާ ވުޖޫދުވީ 2007 ވަނަ އަހަރު އެވެ. މިހާރު ސިއާފާގެ އެތައް ފިހާރައެއް މައްކާ އާއި މަދީނާގައި އެބަ ހުއްޓެވެ.

މިއީ ދިވެހިންނަށް ވެސް އާ ރަހައަކަށް ނުވާނެ އެވެ. ސަބަބަކީ ހައްޖާއި އުމްރާއަށްދާ މީހުންނަށް މި މަރުކާ ފެނި، ރަހަ ބެލިފައިވާނެތީ އެވެ.

އާންމުކޮށް ހުންނަ އެކި ވައްތަރުގެ ކަދުރުގެ އިތުރުން މި މަރުކާގެ އެކި ފްލޭވާތަކުގެ ކަދުރު ވެސް ޔޫރޯ ސްޓޯރުން ވިއްކަ އެވެ. އޭގެ ތެރޭއިން އެންމެ ބޮޑަށް ހިންގާ އެއް ފްލޭވާއަކީ ޗޮކޯ ކަދުރެވެ. މި ފްލޭވާއަކީ ޔޫރޯއިން މިހާރު އެންމެ ބޮޑު ޑިމާންޑެއް އޮތް ފްލޭވާއަށް ވާއިރު، ކަދުރުގެ އެތެރޭގައި އޮށުގެ ބަދަލުގައި އޮންނަނީ އަލްމަންޑެކެވެ.

މީގެ އިތުރުން އަލްމަންޑު ވައިޓް ޗޮކޮލެޓު ކަދުރު، ވައިޓް ޗޮކޮލެޓު ކަދުރު، ހެޒަލްނަޓު ކަދުރު، އަލްމަންޑު މިލްކު ޗޮކޮލެޓު ކަދުރު، ބްރައުން ޗޮކޮލެޓު ކަދުރު އަދި އަލްމަންޑު ޑާކު ޗޮކޮލެޓު ކަދުރު ވެސް ލިބެން ހުރެ އެވެ.

ސިއާފާ ކަދުރުގައި ފައިބަރު، ވިޓަމިން ބީ-6 އަދި ވިޓަމިން-ކޭ ހުންނައިރު، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ވެސް އެކުލެވިގެންވެ އެވެ. ކަދުރަކީ ގިނަ ފައިދާތަކެއް އެކުލެވޭ، ހަށިގަނޑުގައި ފަސޭހައިން ވަރުޖައްސައިދޭ މޭވާއެކެވެ. އަދި ޖަރާސީމުތަކުން ވެސް ސަލާމަތްކޮށްދެ އެވެ.

ކަދުރުގެ ފައިދާ

  • ކަދުރުގައި ހިމެނޭ ހަކުރުގެ މާއްދާގެ ސަބަބުން ފަސޭހަކަމާއެކު ހަކަތަ މަތިކޮށްލަދެ އެވެ.
  • ކަދުރުގައި އެކުލެވޭ ފައިބަރުގެ މާއްދާއިން ހަޖަމުކުރުމުގެ ނިޒާމު ހަމައަކަށް އަޅުވައިލަ ދިނުމަށް އެހީތެރިވެދީ، ބަނޑުހަރުވުމުން ދުރުކޮށްދެ އެވެ.
  • ދުޅަހެޔޮ ސިއްހަތަކަށް ބޭނުންތެރިން ގިނަ ވިޓަމިން އާއި މިނަރަލްސް ކަދުރުން ލިބެ އެވެ.

ސިއާފާ ކާމިޔާބަކީ ފެންވަރު ހިފެހެއްޓުމެވެ. އެ ކުންފުނީގައި އެންމެ ޒަމާނީ ވަސީލާތްތައް ގާއިމުކޮށްފައިވާ މާސިއްގާ ދެ ފެކްޓްރީ ވެސް އެބަ ހުއްޓެވެ.