Advertisement

ޓާޓާއަށް ދީފައި އޮތް ޅޮސްއަލަފުށީގެ އެގްރިމެންޓު ބާތިލުކޮށް އެ ރަށް ކުރެންދޫގެ ބައެއް ގޮތުގައި ހަމަޖައްސަނީ

9 މާރިޗު 2024 - 19:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ.މުހައްމަދު މުއިއްޒު ޅ.ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް


ޓާޓާއަށް ދީފައި އޮތް ޅޮސްއަލަފުށީގެ އެގްރިމެންޓު ބާތިލުކޮށް އެ ރަށް ކުރެންދޫގެ ބައެއް ގޮތުގައި ހަމަޖައްސަނީ

9 މާރިޗު 2024 - 19:22 0

ޅޮސްއަލަފުށްޓަކީ ޅ. ކުރެންދޫ ބައެއް ގޮތުގައި ހަމަޖައްސައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުރެންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ކުރެންދޫގެ ފަޅުތެރޭގައި ރަށަށް އިތުރުކުރެވޭނެ ޖާގައެއް ނެތް ކަމަށާއި އެގޮތުން ޅޮސްއަލަފުށި އެރަށުގެ ބައެއް ގޮތުގައި ހަމަޖައްސައިދޭނެ ކަމަށެވެ.

ނަމަވެސް ޅޮސްއަލަފުއްޓަކީ އެއްބަސްވުމެއް ހަދާފައި އޮތް ތަނަކަށްވުމުން، އެ އެއްބަސްވުންތައް ރަށާ ފުރަތަމަ ވަކިކޮށް، އެ އޮންނަ އުސޫލުތަކުގެ ތެރެއިން ދައުލަތަށް ގެއްލުން ކުޑަވާނެ ގޮތަށް އެކަން ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މި ރަށުގެ ރައްޔިތުންގެ އާންމު މަސްލަހަތާއި، މި ދާއިރާގެ ތަރައްގީގެ އާންމު މަސްލަހަތަށް، ތިޔަބޭފުޅުންގެ ކުރިމަގަށްޓަކައި، ދަރީންގެ ދަރީންގެ މުސްތަގުބަލަށްޓަކައި، އެ ރަށް ވަކިކޮށް ސަލާމަތްކޮށް ޅޮސްއަލަފުށްޓަކީ ކުރެންދޫގެ ބައެއް ގޮތުގައި ހަމަޖައްސައިދޭން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. އެކަން ކާމިޔާބު ކުރާނަން،" ކުރެންދޫގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޅޮސްއަލަފުއްޓަކީ މާލޭގައި ފްލެޓުތަކެއް އަޅަން ހަވާލު ކުރި އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފައި އޮތް ރަށެވެ. އެ ރަށް ދިނީ ލަގްޒަރީ ވިލާތަކެއް އެޅުމަށެވެ.

ކުރެންދޫއަކީ 2،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށަކަށްވާއިރު، އެ ރަށުގައި ޖާގައިގެ ދަތިކަން ދިމާވެފައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެގޮތުން ރަށުގައި މިހާރު 50 ހައުސިން ޔުނިޓު އަޅަމުންދިޔަ ނަމަވެސް، އެއާއެކު ރަށުގެ ޖާގައިގެ ދަތިކަން އެއްކޮށް ހައްލު ނުވެ އެވެ.