Advertisement

ނައިފަރު ވެމްކޯ ސައިޓްގައި ރޯވި އަލިފާން އެމްއެންޑީއެފްއިން ނިއްވާލައިފި

7 މާރިޗު 2024 - 09:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޅ.ނައިފަރު ވެމްކޯ ސައިޓްގައި އަލިފާން ރޯވުން -- ފޮޓޯ: އެމްއެންޑީއެފް


ނައިފަރު ވެމްކޯ ސައިޓްގައި ރޯވި އަލިފާން އެމްއެންޑީއެފްއިން ނިއްވާލައިފި

7 މާރިޗު 2024 - 09:02 0

ޅ. ނައިފަރު ވެމްކޯ ސައިޓްގައި ރޭ ރޯވި އަލިފާން އެމްއެންޑީއެފްއިން ނިއްވާލައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ ރޭ 21:15 ހާއިރު އެތަނުގައި ރޯވިކަމުގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ނައިފަރު ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އަލިފާން ނިއްވަން މަސައްކަތް ފެށި ކަމަށެވެ.

ޅ.ނައިފަރު ވެމްކޯ ސައިޓުގައި އަލިފާން ރޯވުން -- ފޮޓޯ: އެމްއެންޑީއެފް


އެގޮތުން ނައިފަރު ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ރޭ 23:25 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާ ލިބިފައެއް ނުވެ އެވެ.