Advertisement

އޮސްޓްރޭލިއާ އަސްކަރިއްޔާއަށް ހަތް ބިލިއަން ޑޮލަރު ހަރަދުކުރަން ނިންމައިފި

20 ފެބުރުވަރީ 2024 - 17:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް: އަސްކަރިއްޔާ ޒަމާނީކުރުމުގެ މަސައްކަތް ނިންމާލަން އަމާޒުކުރަނީ 2030 އަށް -- ފޮޓޯ: އޭއެފްޕީ


އޮސްޓްރޭލިއާ އަސްކަރިއްޔާއަށް ހަތް ބިލިއަން ޑޮލަރު ހަރަދުކުރަން ނިންމައިފި

20 ފެބުރުވަރީ 2024 - 17:34 0

އޮސްޓްރޭލިއާ އަސްކަރިއްޔާގެ ގާބިލިއްޔަތު ވަރުގަދަކޮށް ޒަމާނީ ނުރައްކާތަކާ ކުރިމަތިލެވޭނެ ވަރަށް ކުރިއަރުވަން އަސްކަރިއްޔާއަށް 7.25 ބިލިއަން ޑޮލަރު ހަރަދު ކުރުމަށް އެ ގައުމުގެ ނިންމައިފި އެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުގައި އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން ފްލީޓުތަކުގެ އަދަދު 11 އިން 26 އަށް އިތުރު ކުރާނެ އެވެ.

"މި ބަދަލުތައް އަސްކަރިއްޔާއަށް ގެންނަމުން މިދަނީ ގާބިލުކަން އިތުރުކޮށް، ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް" މާލްސް ވިދާޅުވި ކަމަށްވެ އެވެ.

އައު ފްލީޓްތަކާއެކު އޮސްޓްރޭލިއާއަށް ދުރު ރާސްތާ މިސައިލް ބޭނުން ކުރުމުގެ ގާބިލް ލިބޭނެ އެވެ. އެ ގައުމުގެ ސަރުކާރުން ރާވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އަސްކަރިއްޔާއަށް ބޭނުންވާ ކުރިއެރުންތައް ގެންނާށެވެ.

އޮސްޓްރޭލިއާއިން އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ބޭނުންވާ ބައެއް ފްލީޓްތައް އެމެރިކާއިން ހޯދުމަށް ނިންމާފައިވާއިރު، އެހެނިހެން ގައުމުތަކުންވެސް ބޭނުންވާ އެހީތެރިކަން ހޯދާނެ އެވެ. މިއީ އޮސްޓްރޭލިއާ އިން ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އަސްކަރިއްޔާއަށް މިހާބޮޑު ހަރަދެއް ކުރާ ފުރަތަމަ ފަހަރެވެ.